21 ޖަނަވަރީ 2025 - 07:27 1
މުހައްމަދު ޝަހްޒާން
ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް އުމަރު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
21 ޖަނަވަރީ 2025 - 07:27 1
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހެކްސްޓާ މޯލްޑިވްސްއާ ހަވާލުކޮށްގެން ކައުންސިލްތައް އިމާރާތް ކުރާ ރަށްތަކާއި ޗައިނާގެ އެހީގެ ދަށުން ކައުންސިލްތައް އިމާރާތް ކުރަން ނިންމާފައިވާ ރަށްތަށް އިއުލާނުކޮށްފި އެވެ.
ކައުންސިލްތައް އަޅަން ނިންމާފައިވާ ރަށްތައް އިއުލާނު ކުރީ ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހެކްސްޓާ މޯލްޑިވްސްއާ ހަވާލުކޮށްގެން ކައުންސިލް އިމާރާތް އަޅަން ނިންމާފައި ވަނީ 55 ރަށެއްގަ އެވެ.
55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ހެކްސްޓާ މޯލްޑިވްސް އާއެކު ސަރުކާރުން ސޮއި ކުރީ އިއްުޔެ އެވެ. އާދަމް ޝަރީފް ވިދާޅުވީ ހެކްސްޓާ ކުންފުންޏަށް ސަރުކާރުން ފައިސާ ދޭންޖެހޭނީ ކައުންސިލް އިމާރާތްތައް އަޅައި ނިންމައި އެ ތަންތަނަށް ފަރުނީޗަރު ހަމަ ކުރުމަށްފަހު ކައުންސިލްތައް ހުޅުވާތާ ވެސް ތިން މަސްފަހުން ކަމަށެވެ.
ޗައިނާގެ އެހީގައި ކައުންސިލްތައް އިމާރާތް ކުރަން ނިންމާފައި ވަނީ ރާއްޖޭގެ 50 ރަށެއްގަ އެވެ.
މި މަސައްކަތް ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯދަން "އަދަދު" އިން ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި ކައުންސިލް މިނިސްޓްރީން ބުނީ ޗައިނާ ސަރުކާރުގެ ހަރަދުގައި ހިންގާ މަޝްރޫއުގެ ދަށުން އިމާރާތްކުރާ އޮފީސްތަކުގެ ޑިޒައިން އަދި މުޅިން ނުނިމޭ ކަމަށެވެ. އެހެންވެ މި މަޝްރޫއުގެ މަސައްކަތް ބީލަމަށް ހުޅުވާލާ އަދި އެ މަޝްރޫއުގެ މަސައްކަތް ފަށާނެ ވަކި ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ކައުންސިލްތައް އިމާރާތް ކުރާ ރަށްތައް ހޮވާނީ އާންމުންގެ ހިޔާލު ހޯދައިގެން ކަމަށެވެ. ނަމަވެސް ކައުންސިލްތައް އިމާރާތް ކުރާނެ ރަށްތައް މިއަދު އިއުލާނު ކުރިއިރު، ރަށްތައް ހޮވަން އާންމުންގެ ހިޔާލު ހޯދައިފައެއް ނުވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޖުހާ
3 months ago
ެެއެހެންވެ އަދަދު ނޫހުން ފުއްޕާފަދޯތިބީ އެފިޔާޒު މޫސަ ބަލަނެ ސަރުކާރންކުރާ ކަންތައް ބަލާފަ ތެދެއްހެދެން އޮތަސް ދޮގެއްނޫނީ ނުހަދާނެ
Comment