ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ރައްޔިތުންގެ ސައްލާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ: އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް -- ފޮޓޯ: އެލްޖީއޭ
ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބޭއްވި ފޯރަމެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދެވަނަ ދައުރެއް ދޭން ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު އިއްޔެ ގޮވާލައްވައިފި އެވެ.
އެލްޖީއޭއިން އއ. އުކުޅަހުގައި ބޭއްވި "ރަށްވެހީންގެ ސައްލާ" ފޯރަމްގައި ރައީސްއަށް ދެވަނަ ދައުރެއް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރަދަނާ ކުރުމާ ގުޅުވަ އެވެ.
"ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ބޭނުންވާ ކަމަށްވާ ނަމަ، މި ސަގާފަތް ދެމެހެއްޓުމަށް ޓަކައި އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ހޮވުމަކީ އަޅުގަނޑުމެން ހަމަ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ރަށްރަށުގެ ކައުންސިލުތައް ތަމްސީލުކުރާ 55 ބައިވެރިންގެ ކުރިމަތީގައި އާދަމް ޝަރީފް މިހެން ވިދާޅުވީ، "ޕަބްލިކް އެންގޭޖުމަންޓު އިން ލޯކަލް ގަވަނަންސް" ނޫނީ ރައްޔިތުންގެ ބައިވެރިވުމާއެކީ ކައުންސިލުތަކުގެ މަސައްކަތް ބައްޓަން ކުރުމާ ގުޅިގެން މައުލޫމާތު ދޭން ބޭއްވި ފޯރަމެއްގަ އެވެ.
މި ފޯރަމްގައި އިނގިރޭސި ހައިކޮމިޝަނަރު ޑޭވިޑް ލޯ އާއި އިނގިރޭސި ސަރުކާރުގެ ދެކެނު އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިޕާޓުމަންޓުގެ ޑެޕިއުޓީ ހެޑު، ކަމިލާ ސުގްޑެން އަދި ޔޫއެންޑީޕީގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް، ޕެކް ޗުއާން ގާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުމުގެ ވާހަކަ ކައުންސިލަރުން ބައިވެރިވި ބައްދަލުވުމެއްގައި ފާހަގަކުރީ، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ކައުންސިލުތަކުން ވާތީ ކަމަށެވެ.
އޭގެ އިތުރުން މިކަމުގައި ކައުންސިލުތަކުން އެއްބާރުލުން ލިބިއްޖެ ނަމަ ގައުމަށް ގެންނަން ޖެހޭ ބަދަލުތަކާއި ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލުތަކާ އެކީ ބޭއްވި ފޯރަމެއްގައި އާދަމް ޝަރީފް ރައީސްއަށް ކެމްޕެއިންކޮށްދެއްވިއިރު، އާންމުކޮށް މިފަދަ ފޯރަމްތަކުގައި ސިޔާސީ ވާހަކަތައް ދައްކާ، ކެމްޕެއިންކޮށް ނުހަދަ އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ބޭނުންވާ ކަމަށްވާ ނަމަ ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް އާދަމް ޝަރީފު ވިދާޅުވިއިރު، ކައުންސިލްތަކުގެ ބާރުތައް ސަރުކާރަށް ނަގާތީވެ ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ވިސްނުން
11 days ago
އުކުޅަހުގައި ނޫނީ، މިފަދަ ބައްދަލުވުންތައް ނުބޭއްވެނީތަ. ރާއްޖޭގައި ބައްދަލުވުމެއް ބާއްވަން އެކަށީގެންވާ އެހެން ރަށްރަށް ނެތީތޯ. މިއީ ވަރަށް ބޮޑު ތަފާތު ކުރުމެއް. އިބޫ ސަރުކާރުގައި އުކުޅަސް އުކުޅަސް، އުލުޅަހާ ޒާތީކަމެއް އޮތީކީ ނޫން. އެހެން ރަށް ތަކަށް ވެސް ފުރުސަތު އޮންނަން ވާނެ. މިއީ ވަރަށް ނާ އިންސާފެއް.
އެދުރު
11 days ago
މި ރައީސަށް ދެވަނަ ދައުރެއް ދިނުން ކީއްކުރަންތޯ. މިހާރުން މިހާރަށް ވެސް، ގައުމު ސަލާމަތްކުރަން ބޭނުން ނަމަ، މި ރައީސް ވަކި ކުރެވޭނެ ގޮތެއް އޮތްތޯ ކައުންސިލަރުން މަޝްވަރާ ކުރުން މާ މުހިންމު. އާދަމް ޝަރީފް ދެ ދައުރު ވަޒީރުކަން ކުރެއްވުމަށް ވިދާޅުވިއެއް ޗަކާ ވައްތަރީ.
ސައިޚް
11 days ago
ދޮޅުރޯނާ މީހުން ތަންތަން ހިންގަން ހަވާލުވީމާ ކުރާނެ އިންސާނުން ދުވަހަކުވެސް އާއްމުންގެ ތެރޭގަ ނުކުރާ ކިތައްމެކަމެއް،
Comment