20 ޖަނަވަރީ 2025 - 15:54 1
ލީވާން އަލީ ނާސިރު
އިންޑިއާގެ އާ ސަފީރާ މިނިސްޓަރު ހަލީލު ބައްދަލު ކުރެއްވުން: އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި -- ފޮޓޯ: ފޮރިން މިނިސްޓްރީ
20 ޖަނަވަރީ 2025 - 15:54 1
އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖީ ބަލަސުބްރަމަނިއަމާ އެކު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރު ހަލީލްގެ އަރިހަށް ބަލަސުބްރަމަނިއަމް ކުރެއްވި ޒިޔާރަތުގައި ހަލީލު ވަނީ އޭނާއަށް މަރުހަބާ ދަންނަވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި ހަލީލު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުގެ ފަަރާތުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަމަށްޓަކައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފަ އެވެ.
އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމަށް ފައިދާހުރި ކަންތައްތައް ހާސިލްކުރުމަށް ދިވެހި ސަރުކާރާ އެކު ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އިންޑިއާއިން ރާއްޖެއަށް އާ ސަފީރަކު ކަނޑައެޅުއްވީ އެ މަގާމުގައި ހުންނެވި މުނޫ މަހާވަރުގެ ބަދަލުގަ އެވެ. އޭނާ މަގާމަށް އައްޔަނުކުރީ ނޮވެމްބަރު 10، 2021 ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment