Advertisement

އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދި މައްސަލަ ތަހުގީގު ކުރަން ޓްރާންސްޕޭރެންސީން ގޮވާލައިފި

20 ޖަނަވަރީ 2025 - 08:24 1

މުހައްމަދު ޝަހްޒާން

މ

Advertisement

ޕީއެންސީއަށް މީހުން ވެއްދުމަށް ހިންގި ހަރަކާތުގެ ތެރެއިން -- ފޮޓޯ: ސޯޝަލްމީޑިއާ


އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދި މައްސަލަ ތަހުގީގު ކުރަން ޓްރާންސްޕޭރެންސީން ގޮވާލައިފި

20 ޖަނަވަރީ 2025 - 08:24 1

Advertisement

Advertisement

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދަމުންދާ މައްސަލަ، ހާއްސަ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ގޮވާލައިފި އެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް އީސީއަށް ހުށަހަޅާ ފޯމުތަކުގައި އަމިއްލަ ފަރާތްތަކުގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން މަކަރުވެރި އަމަލުތައް ހިންގަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ދައުލަތުގެ ރިކޯޑުތަކުން ގާނޫނާ ހިލާފަށް ހޯދުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

Advertisement

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭހެން އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ދައުލަތުގެ ރެކޯޑުތަކުން ގާނޫނާ ހިލާފަށް ހޯދުމާ ގުޅޭ ހާދިސާތަކަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ، މިފަދަ އަމަލުތަކަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނު އަދި ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އާއި 30 ވަނަ މާއްދާގައި ކަށަވަރު ކޮށްދީފައިވާ ޒާތީ ދިރިއުޅުމުގެ ހައްގާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ އަސާސީ ހައްގުތަކާއި ހިލާފު ކަންކަން،" ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުންޏެވެ.

ޓްރާސްޕޭރެންސީން މިއަދު ނެރުނު ބަޔާނުގައި ވަނީ ސަރުކާރަށާއި އީސީ އާއި ސިޔާސީ ޕާޓީތައް ހިމެނޭގޮތަށް ކަމާގުޅުންހުރި ފަރާތްތަކަށް ޖުމުލަ ހަތް ކަމެއް ކުރަން ގޮވާލައިފަ އެވެ. އެއީ:

  • ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރު ކުރުމަށް އޮޅުވާލައިގެން މެންބަރުން ރެޖިސްޓްރީ ކުރަމުންދާ މައްސަލަ ހާއްސަ މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ މިނިވަން އަދި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުޖިށް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން
  • އެއްވެސް އަމިއްލަ ފަރުދެއްގެ ރުހުމާއި ނުލައި މަކަރާއި ހީލަތުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ހުށަހަޅަައި ބަލައިގަނެފައިވާ ރައްޔިތުންގެ ރެކޯޑުތައް ފޮހެލުން
  • ޖަވާބުދާރީވުމާއި ހާމަކަން ކަށަވަރު ކުރުމަށްޓަކައި އެކަށީގެންވާ ޗެކްސް އެންޑް ބެލެންސް އާއެކު ސިޔާސީ ޕާޓީތަކުގެ އިންޓާނަލް ނިޒާމު ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި މިފަދަ ކަންކަން ގަވާއިދުން މޮނިޓަރުކޮށް މުރާޖައާ ކުރެވޭނެ ނިޒާމް ހަރުދަނާ ކުރުން
  • ސިޔާސީ ޕާޓީތަކާއި ގުޅުމަށް ހުށަހެޅޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އިލެކްޝަސްން ކޮމިޝަނުން ހަރުދަނާ ވެރިފިކޭޝަން މެކޭނިޒަމްތަކެއް ތަންފީޒު ކުރުން
  • ރައްޔިތުންގެ މުހިންމު އަދި ޒާތީ މައުލޫމާތު ހިމެނޭ ސެންޓްރަލް ޑޭޓާބޭސްތަކުގައި މިހާރު ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދިރާސާކޮށް ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކޮށް ހިމާޔަތް ކުރެވޭފަދަ ގޮތަކަށް ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުން
  • ސިޔާސީ މުައްސަސާތަުގެ މެދުގައި ޑިމޮކްރެޓިކް އަސާސްތައް ކުރިއެރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތައް ހިންގުމާއި ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރެވިގެންދާ ގޮތްތަކާއި ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ އިތުރުން ޝަކުވާތަކާއި ހައްލު ހޯދޭނެ ހަރުދަނާ ނިޒާމުތައް ގާއިމު ކުރުން
  • ރައްޔިތުންގެ ޒާތީ މައުލޫމާތު ބަލަހައްޓާ ދައުލަތުގެ އަދި އަމިއްލަ މުއައްސަސާތަކުން އަމަލު ކުރަންޖެހޭ މިންގަނޑުތަކާއި ޕްރޮޓޮކޯލްތައް ހިމެނޭ ހަރުދަނާ ޑޭޓާ ޕްރޮޓެކްޝަން ގާނޫނެއް އެކުލަވައިލައި ތަންފީޒު ކުރުން. މިފަަދަ ގާނޫނެއްގައި ހައްސާސް ޑޭޓާގެ ބޭނުން ނަގަމަ ގޮތުގައި ނުހިފޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ހާމަކަން ބޮޑު ކުރުމާއި ޖަވާބުދާރީ ކުރުވުމުގެ ފްރޭމްވޯކްތައް ވެސް ހިމެނުން

Advertisement

ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނީ ދައުލަތުގެ ރެކޯޑުތަކުންނާއި އަމިއްލަ ފަރާތްތަކުގެ ރެކޯޑުތަކުން ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ހޯދާ ބޭނުން ކުރުމަކީ ފަރުދުންގެ ޒާތީ ދިރިއުޅުމުގެ ހައްގަކަށް އަރައިގަތުން ކަމަށެވެ.

އެފަދަ ކަންކަން ކުރެވޭ ގޮތަށް ނިޒާމު ބައްޓަން ކުރެވިފައި އޮތީ ކީއްވެތޯ ދެނެގަތުމަށާއި އެފަދަ އަމަލުތަކުގައި ބައިވެރިވެ ތަރުހީބުދޭ އަމިއްލަ ފަރުދުންނާއި މުއައްސަސާތައް އަދި ޕާޓީތަކާ މެދު އަޅަންޖެހޭ ސުލޫކީ އަދި ގާނޫނީ ފިޔަވަޅުތައް އެޅުމަށް މިނިވަން ތަހުގީގެއް ކުރުމަކީ މުހިންމު ކަމެއްކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ.