19 ޖަނަވަރީ 2025 - 01:54 0
މުހައްމަދު ޝަހްޒާން
މުޅިން އަލަށް ހޯދި "ރަކި ބުރެކި"، އެ ނަމުން މި މަހަށް ނަން ދިނީ މަހުގެ ލަދުރަކިކަމަށް ބަލާފައި ކަމަށް ސައިންސްވެރިން ބުނި -- ފޮޓޯ: ލުއިޒް ރޯކާ
19 ޖަނަވަރީ 2025 - 01:54 0
ބުރެކި އާއިލާއަށް ނިސްބަތްވާ މުޅިން އާ ވައްތަރެއްގެ މަހެއް ދިވެހި ކަނޑުން ސައިންސްވެރިން ހޯދައިފި އެވެ.
ކަނޑު އަޑިން އަލި ފަނޑުވާ ހިސާބުން، ގާތްގަނޑަކަށް 100 މީޓަރު ފުންމިނުން ހޯދި އެ މަހަށް ދިން ނަމަކީ "ރަކި ބުރެކި" އެވެ. މަހުގެ ނަމަކަށް "ރަކި" ކިޔުނީ ޑައިވަރުން ފެންނައިރަށް ވަރަށް އަވަހަށް އެ މަސް ފިލާތީ ކަމަށް ދިރާސާކުރި ސައިންސްވެރިން ބުނެފައިވެ އެވެ.
އެ މަސް ހޯދާފައި ވަނީ ބޭރުގެ ސައިންޓިސްޓުންނާއި ރާއްޖޭގެ މެރިން ރިސާޗު ސެންޓަރު ގުޅިގެން ކުރި ދިރާސާއަކުންނެވެ. ރަކި ބުރެކި, ދެ އިންޗި ނުވަތަ ތިން އިންޗިއަށް ބޮޑުވާ ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.
ބުރެކި އާއިލާގެ ތަފާތު ވައްތަރުތައް ރާއްޖެއިން އާންމުކޮށް ފެނެ އެވެ. ބުރެކި އާއިލާގެ މަސްތަކަކީ އެމުގެ ގޮތުގައި ވެސް ބޭނުންކުރާ ކުލަތައް ރީތި ބާވަތެކެވެ. އެގޮތުން ރާއްޖެއިން އާންމުކޮށް ފެންނަނީ ލޯބޮޑު ބުރެއްކާއި ދޮން ބުރެކީގެ އިތުރުން މަތިދޮން ބުރެއްކެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment