ޑިވެލޮޕްމެންޓް ބޭންކު ހުޅުވިތާ ދެ މަސްދުވަސް ވީއިރު ވެސް ހިދުމަތް ދޭން ނުފަށާ

18 ޖަނަވަރީ 2025 - 07:12 3

މުހައްމަދު ޝަހްޒާން

މ

އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް މިދިޔަ އަހަރު ހުޅުވި ޑިވެލޮޕްމެންޓް ބޭންކު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޑިވެލޮޕްމެންޓް ބޭންކު ހުޅުވިތާ ދެ މަސްދުވަސް ވީއިރު ވެސް ހިދުމަތް ދޭން ނުފަށާ

18 ޖަނަވަރީ 2025 - 07:12 3

އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކު ހުޅުވިތާ ދެ މަސްދުވަސްވީއިރު ވެސް އެތަނުން ހިދުމަތް ދެން ނުފަށާކަން އެނގިއްޖެ އެވެ.

މެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ މިދިޔަ ނޮވެމްބަރު 16، ގައި ރައީސް ޑރ، މުހައްމަދު މުއިއްޒު އެވެ. މި ސަރުކާރުގެ ފުރަތަމަ އެއް އަހަރުދުވަހުގެ ކާމިޔާބީތަކުގެ ތެރޭގައި ވެސް އެކަން ފާހަގަކުރި އެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެތަނުން އެއްވެސް ހިދުމަތެއް ދޭން ފަށައިފައެއް ނުވެ އެވެ. އެތަނުގެ ކަންކަން ބަލައިލުމަށް "އަދަދު" ގެ ނޫސްވެރިން ޑިވެލޮޕްމެންޓް ބޭންކަށް ދިޔައިރު، މީގެ ކުރިއެކޭ އެއްގޮތަށްް އެތަން ހުރީ ބަންދުކޮށްފަ އެވެ.

ޑިވެލޮޕްމަންޓު ބޭންކު އުފައްދަވަން ރައީސް މުއިއްޒު ނިންމެވީ މިދިޔަ އަހަރުގެ މެއި، 2024، ގަ އެވެ. އެ ބޭންކު ހުޅުވާނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް، ނޮވެމްބަރު 16، ގައި އެ ތަން ހުޅުވިއިރު ވެސް އެތަނުގެ މަސައްކަތްތައް އެއްކޮށް ނުނިމެ އެވެ.

ޑިވެލޮޕްމަންޓު ބޭންކު ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރީ އޮކްޓޯބަރު 13 2023، ގަ އެވެ. ލައިސެންސް ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ކުރުމަށްފަހެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގައެއް ނެތް ކަމަށާއި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމެންޓް ބޭންކެއް ވައްދަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށެވެ. އަދި އެ ބޭންކު ގާއިމު ކުރުމުން ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޑިވެލޮޕްމަންޓު ބޭންކުގެ ޗެއާޕާސަނަކަށް އައްޔަނުކޮށްފައި ވަނީ އޭޝިއާގެ ބޭންކިން ސެކްޓަރުގެ ތަޖުރިބާކާރެއް ކަމަށްވާ އަރުނީ ގުނަތިލެކެ އެވެ. އޭނާއަކީ ސްރީ ލަންކާއަށް އުފަން ސިންގަޕޫރު ރައްޔިތެކެވެ. އޭނާ ޑިގްރީއާ ހަމައަށް ކިޔެވީ ލަންކާގެ ކޮލޮމްބޯ ޔުނިވާސިޓީންނެވެ. އެއަށްފަހު މާސްޓާސް ހެދީ އެމެރިކާގެ ހާވާޑު ޔުނިވާސިޓީންނެވެ.

އެ ބޭންކުގެ ސީއީއޯއަކަށް އައްޔަނުކުރީ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްއަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. ދެކުނު އެފްރިކާގެ ކޭޕް ޓައުން ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރުމަށް ފަހު މާސްޓާސް ހެދީ އޮކްސްފޯޑް ޔުނިވާސިޓީންނެވެ. އޭނާއަކީ ވެސް ބޭންކިން ދާއިރާގައި 28 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ބޭންކަރެކެވެ.

50.00%

50.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ބޮޑުކަމެއް

2 months ago

މި އުޅޭ ބޮޑުމީހާ 5% ލޯނުދޭނަމޭ ބުނެގެން އަހަރެމެން ގެ ހަދާންވެގެން މީހަކަށް ބައިވަރު ލައިރި ދީގެން ކުރަހާ ވެސްފިން އކަމު މިކަންތައްވެސް މިދިޔައީ އިބުލީހު ކައިވެންޏަށް ވެގެން

ޢަހުމަދުކަލޯ

2 months ago

ބޭންކް ގެ އެންމެ އިސް މީހާ (ސީއީއޯ) އަށް މަހަކު 50،000 ޑޮލަރުދޭ. އެނިމުނީނު.

ޙަހަހަހަ

2 months ago

ކޮންމެ ކަމެއްވެސް ކުރަނީ ނޫސްތަކުގެ ސުރުހީއަށް އަރާލަން.