Advertisement

އިމްރާން ޚާންގެ މައްޗަށް އިތުރު ޖަލު ހުކުމެއް، މިފަހަރު 14 އަހަރު

17 ޖަނަވަރީ 2025 - 21:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިމްރާން ޚާން (ކ): 14 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައި -- ފޮޓޯ: އޭޕީ


އިމްރާން ޚާންގެ މައްޗަށް އިތުރު ޖަލު ހުކުމެއް، މިފަހަރު 14 އަހަރު

17 ޖަނަވަރީ 2025 - 21:19 0

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިތުރު ޖަލު ހުކުމެއް އިއްވައި، 14 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

އިމްރާން ޚާންގެ މައްޗަށް މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަން ހިންގި ކަމުގެ ކުށް ސާބިތުވުމުން އެއް މިލިއަން ޕާކިސްތާނީ ރުޕީސް އިން ވަނީ ޖޫރިމަނާ ކުރި އެވެ.

އިމްރާން ޚާންގެ އިތުރުން އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް ވެސް ކޮރަޕްޝަންގެ ދައުވާ ސާބިތުވެ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ބައި މިލިއަން ޕާކިސްތާނީ ރުޕީސްއިން އޭނާ ވެސް ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

އެ ދެބޭކަނބަލުންގެ މައްޗަށް ދައުވާ އުފުލީ އަލް ގާދިރު ޔުނިވާސިޓީ ޕްރޮޖެކްޓް ޓްރަސްޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެކެވެ.

މިގޮތުން އިމްރާން ޚާން އާއި ބުޝްރާ ބީބީގެ ކައިވެނި ސައްހަ ނޫން ކަމަށް ކަނޑައަޅައި، މިދިޔަ އަހަރުގެ ފެބްރުއަރީގައި އެ ދެމަފިރިންގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައި 3،560 ޑޮލަރުން ޖޫރިމަނާ ކުރި އެވެ.

އިސްލާމީ ޝަރީއަތާ ހިލާފު ކައިވެންޏެއް އިމްރާން ޚާން އާއި ބުޝްރާ ބީބީ ކޮށްފައިވާ ކަމަށް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ބުޝްރާ ބީބީގެ ކުރީގެ ފިރިމީހާ ހަވާރު މަނެކާ އެވެ. އޭނާ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އިސްލާމީ ޝަރީއަތުގައި ބުނާ ތިން މަސް ދުވަހުގެ އިއްދަ ހަމަނުވަނީސް ބުޝްރާ ބީބީ އިމްރާން ޚާންއާ ކައިވެނި ބައްލަވައިގަނެފައިވާ ކަމަށް ބުނެ އެވެ.

އިސްލާމީ ޝަރީއަތުގައި އަންހެނާގެ އިއްދައަކީ، ވަރިކުރިއިރު އިނީ ހައްޔަރުގައިކަމަށް ނުވާނަމަ، ވަރިކުރި ދުވަހުން ފެށިގެން 3 ހައިޟާއި 3 ތުހުރު ހަމަވަންދެން ހިނގާ މުއްދަތެވެ. އެއީ ހަނދުމަހުގެ 3 މަސްދުވަހެވެ.

މަނެކާ ބުނާ ގޮތުން އޭނާއާ ބުޝްރާ ބީބީ ކޮށްފައިވާ ކައިވެނި ރޫޅިފައި ވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހެވެ. ނަމަވެސް އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރަކަށް 2018 ގައި ހޮވުމުގެ ކުރިން އެ އަހަރުގެ ފެބްރުއަރީ މަހު ބުޝްރާ ބީބީއާ ވަނީ ކައިވެނި ބައްލަވާގެންފަ އެވެ.

މީގެ އިތުރުން ދައުލަތަށް ލިބުނު ހަދިޔާތަކެއް އިމްރާން ޚާން އާއި ބުޝްރާ ބީބީ ވިއްކި ކަމަށް ބުނާ މައްސަލައެއްގައި މިދިޔަ އަހަރު އެ ދެބޭކަނބަލުންގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އަދި ދައުލަތުގެ ސިއްރުތަކެއް ލީކު ކުރިކަން ސާބިތުވި ކަމަށް ކަނޑައަޅައި އިމްރާން ޚާންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ވެސް މިދިޔަ އަހަރު އިއްވި އެވެ.