16 ޖަނަވަރީ 2025 - 06:44 7
ލީވާން އަލީ ނާސިރު
އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު: އެއް މަސް ބިލު ނުދައްކައި އިނަސް، އެމްޑަބްލިއުއެސްސީން ވަނީ ފެން ކަނޑަން ފަށާފައި
16 ޖަނަވަރީ 2025 - 06:44 7
ކުރިން އަމަލު ކުރަމުން އައި ގޮތް ބަދަލުކޮށް މޯލްޑިވްސް ވޯޓާ އެންސް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ކަލެކްޝަން ރަނގަޅު ކުރުމަށް ކަމަށް ބުނެ އެއް މަހުގެ ބިލު ނުދެއްކިޔަސް، ފެނުގެ ހިދުމަތް ކަނޑާލަން އެ ކުންފުނިން ނިންމައިފި އެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު "އަދަދު" އަށް ވިދާޅުވީ އެ ކުންފުނީގައި ކަންކުރަން އޮންނަ އުސޫލަކީ, ކޮންމެ މަހެއްގެ ވެސް ބިލު ނުދައްކައިފި ނަމަ ފިޔަވަޅު އަޅަން ޖެހޭ ގޮތަށް ކަމަށެވެ.
ނަމަވެސް ކުރީގެ މެނޭޖުމަންޓުތަކުން މި އުސޫލާ އެއް ގޮތަށް ފިޔަވަޅު ނާޅާ ކަމަށް ފާހަގަކުރައްވައި, މަތީން ވިދާޅުވީ އެއީ ކުންފުނީގެ ހިންގުން ހަރުދަނާ ނުވުމުން ކަންކުރަމުން އައި ގޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެންމެނަށް ހަމަހަމަ އުސޫލެއްގެ ދަށުން ބިލުގައި އޮންނަ ތާރީހަށް ބިލު ނުދައްކައިފިނަމަ ފިޔަވަޅު އަޅުމުން ގެންދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރީގެ ވާހަކަތަކެއް ދެއްކުމުގެ މާނައެއް ނެތް. މިސާލަކަށް ކުރީގައި އެކަން ކުރީ ކިހިނެއް ހެއްޔޭ. ހަ މަސް ދުވަހު ހުރިހޭ. އަށް މަސް ދުވަހު ހުރިހޭ. އެބަހުރި ލޭޓްވެފައި. އެއީކީ ކޮންމެހެން އެ އޮންނަ އުސޫލުގެ ދަށުން ބަހައްޓާފައި އެއްޗިއްސެއް ނޫން. އަނެއްހެން ދަންނަވާ ކަމަށްވަންޏާ ކަލެކްޝަންގެ އިން އެފިޝިއަންސީ އެ ފެންނަނީ،" މަތީން ވިދާޅުވި އެވެ.
"އެއް ޒަމާނެއްގައި އިން އެފިޝިއަންޓްކޮށް ތަނެއް އޮތަތީވެ، ކޮންމެހެން ނުޖެހޭ އިން އެފިޝިއަންޓްކޮށް އޮންނާކަށް. ދެން އަނެއްކާ އަނެއް ކަމަކީ ހުރިހާ އެންމެންނާ ދޭތެރޭ ވެސް އެއް އުސޫލަކުންތާ އަމަލު ކުރެވެންވާނީ. ބިލެއް އަޅުގަނޑުމެން މި ފޮނުވަނީ ތާރީހެއް ކަނޑައަޅާފައި. އެހެންވެއްޖެއްޔާ އެ ތާރީހެއް ހަމަވީމަ، ފިޔަވަޅު އެޅެންޖެހޭނެތާ އެންމެންނާ ދޭތެރޭ ވެސް އެއް އުސޫލަކުން. ދެން އޭތި އެއް ބަޔަކަށް ހަ މަސް ދުވަސް، އަނެއް ބަޔަކަށް އަށް މަސް ދުވަސް. އެއީކީ ވެސް އުސޫލެއް ނޫންތާ ދެއްތޯ."
ގިނަ މީހުން ބިލުތައް ދެއްކުމުގައި ފަރުވާތެރި ކަމަށާއި ދައްކަން ޖެހޭ ބިލުތައް ގަވާއިދުން ދެއްކުމަކީ ކުންފުނި ރަނގަޅަށް ހިންގުމަށް ވެސް މުހިންމު ކަމަށް މަތީން ވިދާޅުވި އެވެ. އަދި ބިލު ނުދައްކާ މީހުންނަށް ކުރީބައިގައި އެކަން އީމެއިލް ނުވަތަ ފޯނުގެ ޒަރިއްޔާއިން އެސްއެމްސް ކޮށްގެން އަންގަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް ގެއަށް އައިސްފައި އޮންނަ ބިލެއް އެއީ. ކުރަން ޖެހޭ ހަރަދެއް އަސްލު އެއީ. މިސާލަކަށް ކަރަންޓަށް ވިޔަސް، ފެނަށް ވިޔަސް، ފޯނަށް ވިޔަސް އެހެން ހުރިހާ އެއްޗަކަށް ވިޔަސް، އެ ބިލުތައް ސެޓްލް ނުކޮށް ހުންނަ ކަމަށްވާނަމަ ހަމަ އަނެއްކާ ވެސް އަނެއް މަހަށް އިތުރު ބިލުތަކެއް ދާނީ. ގޭދޮށުގެ ހަރަދުތައް ބެލެހެއްޓުމުގައި ފުދޭ ވަރަކަށް ގިނަ މީހުން ޑިސިޕްލިން އަސްލު" އޭނާ ވިދާޅުވި އެވެ.
ނަމަވެސް މަތީން ވިދާޅުވީ ބޮޑު ކަމެއް ދިމާވެގެން ބިލު ނުދެއްކޭފަދަ ހާލަތުގައި ލިޔުމުން އެކަން ބަޔާންކޮށް ފޮނުވުމުން، އެކަމުގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހު ލުއިތައް ދެމުންދާނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީން ކުރިން އަމަލު ކުރަމުން އައި ގޮތުން އެއް މަހު ބިލު ނުދެއްކި ނަމަވެސް، ފެން ކަނޑައެއް ނުލަ އެވެ. އެގޮތުން ބިލު ދައްކަން ތިން މަސް ދުވަހުގެ ފުރުސަތެއް އާންމު ގޮތެއްގައި ދެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އާންމުމީހާ
about 2 months ago
ރިސޯޓުތަކުން އެއް މަހުގެ ކުލި ނުދެއްކީމާ އެއްބަސްވުން ބާތިލުކުރޭތޯ؟ ދެނީ އިތުރު ފުރުސަތު. އަރާ ޖޫރިމަނާ ކުރަނީ މާފު. ނިކަމެތި ރައްޔިތު މީހާއަށް އެއް މަހު ފެން ބިލު ނުދެއްކުނީމާ ފެން ކަނޑާލާވާހަކަދައްކަން ލަދު ކޮބާ؟
ޛޯރި
about 2 months ago
މުއްސަދިންގެ ސަރުކާރެއްމީ. އަހަރެން މަސައްކަތްކުރާ ކުންފުންޏަށް ފިނޭންސުން ލާރި ދޫނުކޮށްގެން މިދިޔަ މަހުގެ މުސާރަ ލިބުނީ 15 ގެފަހުން. ގުޅާވެސް ނުލާ ފެން ކަޑާލީ މެންދުރު ދަރިން ސްކޫލަށް ދާން ފެންވަރާ ގަޑީގަ. އެދުވަހު ސްކޫލަށްވެސް ނުފޮނުވުނު. ދެން ފެން ގުޅުމަށް އިތުރު 100 ދެއްކީމަ ގުޅައިދިނީވެސް. މީގެ ކުރިން ގުޅާފަ ވަގުތު ދޭ ބިލްދައްކަން. ދެން އަހަންނަކަށް ނޭންގޭ ގާނޫނު އަސާސީން ކަށަވަރު ކޮއްދޭ އަސާސީ ހިދުމަތަކީ ކޮބާކަމެއް
ސުވާލު
about 2 months ago
ތިޔަތަނުން ޢާންމު ފަރުދުންނާއި، ވިޔަފާރިތަކުން ކުރުވާ މަސައްކަތުގެ އިންވޮއިސް ލިބުނީމަ އެ އިންވޮއިސްގައި ބަޔާންކޮށްފައި އޮންނަ ޑެޑްލައިނަށް ފައިސާދައްކަންތޯ؟ ނުދެއްކިއްޖެނަމަ އަނެއް ދުވަހު އެ ޚިދުމަތް ދިން ފަރާތަކުން ގޮސް އެއާ ގުޅުންހުރި ތަކެތި "ބޭނުން ނުކުރެވޭ"ހާލަތަކަށް ގެނައުމަކީ މައްސަލައެއްތޯ؟ އެފިޝެންސީ އަކީ އެއްކޮޅަށް އޮންނަ އެއްޗެއްތޯ؟؟؟
އަހުމަދު1
about 2 months ago
އެއިރައްތާ ކޮންމެ ފަހަރަކު އަލުން ގުޅައިދޭން ފައިސާ ނެގޭނީ. 80% މީހުންނަށް މަހުންމަހަށް ނުދެއްކޭ. ކުންފުނިތައްވެސް ވަރަށް ގިނަވާނެ މަހުން މަހަށް ނުދެއްކޭން. ބޮޑު ވިޔަފާރިއަކަށް ބަދަލްވީދޯ؟ 2% ރިކަނެކްޝަންފީ 60% މީހުންގެ އަތުން ނެގޭނެ. ތިކަންކޮއްގެންވެސް ނަގާފަހުރި ކުދިންގެ މުސާރަދެވޭތޯ ބަލާތި.
ނަޒާ ނަޒީމް
about 2 months ago
ބިލް ދެއްކެންވާނެ. ނުދެއްކެންޔާ އެވަރު ބަލައިގެން ހަރަދު ކުރީމަ ނިމުނީ. މުސާރަ ނުދެވޭތޯ ނުބަލާ ތިޔަ އަމިއްލައަށް ކުރާ ހަރަދު މަދުކޮށްލެވޭތޯ ބަލާބަލަ ކޮމެންޓް ނުކޮށް.
ވަލި ކުދުރަހާ
about 2 months ago
ރައްޔަތުން މިހާދަތި ދުވަސްވަރަކު މިގޮތައް ކަންތައްކުރީމަ ރައްޔަތުން ހުރިހާ ރުޅިއެއްބާލާނީ ސަރުކާރުދެކެ މަގައްނިކުމެ ސަރުކާރައް ސަޕޯޓު އޮއްތޯބެލުމައް ދިހަމީހުންކުރެން އެހީމަ ނުވަމީހުން ނޫނެކޭ ބުނާނީ މިހާލަތުގަ ގައުމުއޮއްވާ ރައްޔަތުންނައް އިތުރައް ދަތިކޮއްގެން ވާނެ މޮޅެއްނޯންނާނެ
ބައްޔާ
about 2 months ago
ރެސްޓޯރަންޓު ތަކާކެފޭތަކަށްބަލާލުމުން ރައްޔިތުންއުޅޭގާލުފެނޭ ހެރިހާތަނެއްފުރިބާރުވެފަ. ބިލްދައްކަންވީމަ އަތުގަލާރިއެއްއޮންނަކަމަކަށްނުވޭ
Comment