ޕަލްސް އިން ހިންގާ ރިސޯޓުތަކުގެ މުވައްޒަފުންނަށް މުސާރަ އާއި ސާވިސް ޗާޖާއި ޓިޕްސް ވެސް ދޭނީ ރުފިޔާއިންކަން އަންގައިފި

13 ޖަނަވަރީ 2025 - 06:42 5

އަހުމަދު އާއިދު

އ

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ޕަލްސް އިން ހިންގާ ރިސޯޓުތަކުގެ މުވައްޒަފުންނަށް މުސާރަ އާއި ސާވިސް ޗާޖާއި ޓިޕްސް ވެސް ދޭނީ ރުފިޔާއިންކަން އަންގައިފި

13 ޖަނަވަރީ 2025 - 06:42 5

އަންނަ ކޮންމެ ޓޫރިސްޓަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގާނޫނަށް އަމަލުކުރަން ފެށުމާއެކު މުސާރަ އާއި ސާވިސް ޗާޖު އަދި ބިލު ޓިޕްސް ވެސް މި މަހުން ފެށިގެން ދޭނީ ބޭންކު ރޭޓުގައި ރުފިޔާއިން ކަމަށް ރާއްޖޭގައި ތިން ރިސޯޓެއް ހިންގާ ޕަލްސް ކުންފުނިން މުވައްޒަފުންނަށް އަންގައިފި އެވެ.

ޕަލްސް ކުންފުނީގެ ހިއްސާދާރުންނަކީ ޔުނިވާސަލް ރިސޯޓްސް ބައެއް ހިއްސާދާރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލެވެ. މެނޭޖިން ޑިރެކްޓަރަކީ ވެސް ހަލީލު އެވެ. އެ ކުންފުނިން ހިންގާ ރިސޯޓުތަކުގެ ތެރޭގައި ކަނޑިންމަ، ނޮޓިލަސް އަދި ނޯވާ ރިސޯޓު ހިމެނެ އެވެ.

އެ ކުންފުނީގެ އޮފީސްތަކާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ، ރުފިޔާއިން އުޖޫރަ ދޭނީ ބޭންކު ރޭޓު ކަމަށްވާ ޑޮލަރަކަށް 15.42 ގެ ރޭޓުން ކަމަށެވެ. އަދި، މި މަހުގެ 25 ގެ ކުރިން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގައި ދިވެހި ރުފިޔާ އެކައުންޓެއް ހުޅުވުމަށް ވެސް މުވައްޒަފުންނަށް އެ ކުންފުނިން ވަނީ އަންގައިފަ އެވެ.

ދިވެހި މުވައްޒަފުންނަށް ރުފިޔާއިން އުޖޫރަ ދިން ނަމަވެސް، ބިދޭސީ މުވައްޒަފުން ގައުމަށް ފައިސާ ފޮނުވަން ބޭނުންވާނަމަ ބޭންކު ރޭޓުގައި ސީބީއެމް އިން އެ މުވައްޒަފުންނަށް ޑޮލަރު ވިއްކާނެ ކަމަށް ވެސް ޕަލްސް އިން ބުނެފައިވެ އެވެ.

މިގޮތަށް ބޭންކު ރޭޓުގައި ރުފިޔާއިން މުސާރަ ދޭން ފެށުމުން މުވައްޒަފުންނަށް ކޮންމެ 1،000 ޑޮލަރަކަށް ގާތްގަނޑަކަށް 4،000ރ. ގެ ގެއްލުމެއް ލިބޭނެ ކަމަށް، ކަޅު ބާޒާރުގައި މިހާރު ޑޮލަރުގެ އަގު ހުރި މިންވަރާ އަޅާބަލާއިރު ބެލެވެ އެވެ.

ސަރުކާރުން ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ޓޫރިޒަމް ދާއިރާގެ ޓެކްސްތައް އިތުރުކުރަން ނިންމުމާއެކު ރުފިޔާއިން މުސާރަ ދޭން ޖެހިދާނެ ކަމަށް ޕަލްސް އިން ނޮވެމްބަރު 2024، ގައި ވަނީ ބުނެފަ އެވެ. އެއިރު އެ ކުންފުނިން އޮތީ ޑޮލަރު މާރުކުރުން މަޖުބޫރު ކުރާ ސިޔާސަތާ ދެކޮޅު ހަދައިފަ އެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނު އޮތް ގޮތުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރިވެރިން ދެކޭ ގޮތުގައި މިއީ ސިނާއަތުގެ ހަގީގަތާއި ދުރު، އަދި ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ފަދަ ގާނޫނެކެވެ. އަދި، މީގެ ސަބަބުން މުވައްޒަފުންނަށާއި ވިޔަފާރިއަށް ވެސް ގެއްލުންވާނެ ކަމަށް މީގެ ދެތިން މަސް ކުރިން ރިސޯޓުތަކުގެ ވެރިން އެމްއެމްއޭ އަށް ސިލްސިލާކޮށް ފޮނުވި ސިޓީތަކުގައި ބުނެފައިވެ އެވެ.

0.00%

50.00%

25.00%

25.00%

މި ލިޔުން ކިޔާލުމުން


މުއިޒު

about 2 months ago

ގާނޫނުގަ ނީނދޭތޯ ސާވިސު ޗާޖ އަކާ ނުކުޅެވޭނެ ވާހަކައެއް

ވާނުވާ

about 2 months ago

ސަރުކާރާދޭތެރެ އާންމުން ރުޅިއެރުވުމުގެ ނިޔަތުގަ ކުރިޔަސް ތިޔަކަން މުސްތަގުބަލަށް ބަލާއިރު ރަނގަޅު ފިޔަަވަޅެއް. ކަޅުބާޒާރުވެސް އުފައްދައިގެން އުޅެނީ ޑޮލަރުލިބޭ މީހުންނޭ. އަނދުންއަޅުވަން ނުޅޭތި

ވެެއިޓަރު

2 months ago

ވިލާއިން ސާވިސްޗާޖް ދެނީ ޑޮލަރުން.. އިރާދަ ކުރެއެއްވިއްޔާ ދެންވެސް ދޭނީ ޑޮލަރުން ކަމަށް މި ބަލަނީ.

ގިބުޓި

2 months ago

މިހިރީ އެންމެ "އަރިހުގަ" ގެންގުޅުއްވާ ބޭބޭފުޅުން ޤާނޫނަށް ބޯ ނުލަނބާ މިންވަރު. ޒީރޯ ޓޮލަރަންސް ހަަމަ

ރަގަޅު

2 months ago

ބަރާބަރު ނިންމުމެއް. ދިވެހިރާއްޖޭގައި ލީގަލް ޓެންޑަރއަކީ ދިވެހި ރުފިޔާ. ޔޫއެސް ޑޮލަރެއްނޫން. ކަޅުބާޒާރާ އަޅުވައި ގެއްލުމުގެ ވާހަކަ ތިޔަ ދައްކަނީ ތަންދޮރު ނޭގޭތީ ނޫނީ ފިތުނަ އުފައްދަން