9 ޖަނަވަރީ 2025 - 10:00 0
ލީވާން އަލީ ނާސިރު
މަޓާޓޯގެ އާ ބޯޑާ އެކު އެ އެސޯސިއޭޝަންގެ ސީއީއޯ އައިމިނަތު ސޫޒަން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
9 ޖަނަވަރީ 2025 - 10:00 0
މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ އާ ލޯގޯ ތައާރަފްކޮށް، އެ އެސޯސިއޭޝަންގެ ރައީސަކަށް އަނެއްކާ ވެސް އަބްދުﷲ ގިޔާސް ރިޔާޒް އިންތިހާބުކޮށްފި އެވެ.
މެންހަޓަން ބިޒްނަސް ސްކޫލުގައި ރޭ ބޭއްވި މަޓާޓޯގެ އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް) ގައި އެ އެސޯސިއޭޝަންގެ އާ ލޯގޯ އާއި އާ އެގްޒެކެޓިވް ބޯޑު ފާސްކުރީ ހާޒިރުވި 21 މެންބަރުންގެ އިއްތިފާގުންނެވެ.
މަޓާޓޯއަށް މިދިޔަ އަހަރުގެ 2.03 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، 1.86 މިލިއަން ރުފިޔާ އެ އަހަރު ހަރަދުވި އެވެ.
މަޓާޓޯގެ އާ ލޯގޯ އިފްތިތާހުކުރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
މި އަހަރު މަޓާޓޯއަށް 2.23 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރިއިރު، ހަރަދުވާނެ ކަމަށް ލަފާ ކޮށްފައި ވަނީ 2.05 މިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު 2.44 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވޭއިރު، ހަރަދުވާނެ ކަމަށް ލަފާ ކޮށްފައި ވަނީ 2.25 މިލިއަން ރުފިޔާ އެވެ.
މީގެއިތުރުން އޭޖީއެމްގައި މަޓާޓޯގެ އާ ވެބްސައިޓު ވެސް ވަނީ ލޯންޗުކޮށްފަ އެވެ. ވެބްސައިޓު ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.
މަޓާޓޯގެ އާ ވެބްސައިޓޫ ލޯންޗުކުރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
Comment