3 ޖަނަވަރީ 2025 - 09:52 0
ލީވާން އަލީ ނާސިރު
ށ. ނަރުދޫއަށް އުދަ އެރުން: އެމްއެންޑީއެފްއިން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ؛ އެމްއެންޑީއެފް
3 ޖަނަވަރީ 2025 - 09:52 0
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި، އުދަ އެރުމުގެ ސަބަބުން ހަ ރަށެއްގައި ފެންބޮޑުވެއްޖެ އެވެ.
ފެންބޮޑުވި ރަށްތަކުން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެ އެވެ.
އެންޑީއެމްއޭއިން ބުނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ރިޕޯޓު ލިބުނީ ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. ނިލަންދޫ އަދި ފ. މަގޫދޫއިން ކަމަށާއި އުދަ އެރުމުގެ ސަބަބުން ފެންބޮޑުވެގެން ރިޕޯޓު ލިބުނީ ށ. ނަރުދޫގެ އިތުރުން ރ. އިނގުރައިދޫއިން ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ ފ. ނިލަންދޫ އަދި ދ. ކުޑަހުވަދޫގެ އިތުރުން އދ. މާމިގިއްޔަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެން ވަނުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން: ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން އަންނަނީ ކުރަމުން -- ފޮޓޯ: އެމްއެންޑީއެފް
ނަމަވެސް އެންޑީއެމްއޭއިން ބުނީ އެއްވެސް ފެންބޮޑުވުމުގެ ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން މިހާތަނަށް ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މި ހަފުތާ ބަންދަށް ވެސް ދިގުދެމިގެންދާނެ ކަމަށާއި މޫސުން ރަނގަޅުވާން ފަށާނީ ހޮނިހިރު ދުވަހަށް ފަހު ކަމަށް މޫސުމާ ބަހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ލަފާކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފަހު ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރާގައި މެދުރާއްޖޭގެ އަތޮޅުތަކަށް ދަނީ ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment