Advertisement

ރާއްޖެ ސަރަހައްދަށް ވަދެ އުޅެނިކޮށް ޑްރޯން ބޭނުންކޮށްގެން ހޯދީ ލަންކާ މަސް ބޯޓެއް

29 ޑިސެންބަރު 2024 - 10:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއެންޑީއެފްއިން އަތުލައިގަތް ލަންކާގެ މަސް ބޯޓު: އެ މަސް ބޯޓުގައި ތިން މީހުން ތިބި -- ފޮޓޯ: އެމްއެންޑީއެފް


ރާއްޖެ ސަރަހައްދަށް ވަދެ އުޅެނިކޮށް ޑްރޯން ބޭނުންކޮށްގެން ހޯދީ ލަންކާ މަސް ބޯޓެއް

29 ޑިސެންބަރު 2024 - 10:41 0

އެމްއެންޑީއެފް އެއާ ކޯގެ ޑްރޯންއިން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ހޯދީ ލަންކާ މަސް ބޯޓެއް ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެ މަސް ބޯޓުން ތިން މީހުން ދަތުރުކުރި ކަމަށާއި އެ މީހުންނާއި މަސް ބޯޓު މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލައިގަތުމަށްފަހު، އެންމެ ފުރަތަމަ ގެންދިޔައީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ދޭތެރެ ދޭތެރެއިން އެކި ގައުމުތަކުގެ ބޯޓުތައް އެތެރެވެގެން އެމްއެންޑީއެފްއިން ހިފަހައްޓަ އެވެ. އެގޮތުން ޑްރޯންގެ އެހީގައި މިދިޔަ ނޮވެމްބަރު 16, ގައި ވެސް ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވި ބޭރުގެ މަސް ބޯޓެއް އަތުލައިގަތެވެ.

ތުރުކީގެ ކުންފުންޏަކުން އެމްއެންޑީއެފްގެ އެއާކޯއަށް ޑްރޯން ގެނައީ ދައުލަތުގެ ބަޖެޓުން 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) ހޭދަކޮށްގެންނެވެ.