Advertisement

ޔޫތު އެވޯޑް ފަސް ކުރަމުން ގޮސް އަންނަ އަހަރަށް ފަސްކޮށްފި

25 ޑިސެންބަރު 2024 - 10:33 1

ލީވާން އަލީ ނާސިރު

ލ

Advertisement

މީގެ ކުރިން ބޭއްވި ޔޫތު އެވޯޑުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ޔޫތު މިނިސްޓްރީ


ޔޫތު އެވޯޑް ފަސް ކުރަމުން ގޮސް އަންނަ އަހަރަށް ފަސްކޮށްފި

25 ޑިސެންބަރު 2024 - 10:33 1

Advertisement

Advertisement

ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ދޭ ޔޫތު އެވޯޑު އެކި ފަހަރު މަތިން ބާއްވަން މަސައްކަތް ކުރުމަށް ފަހު އަންނަ އަހަރު ބޭއްވުމަށް ނިންމައިފި އެވެ.

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު "އަދަދު" އަށް ވިދާޅުވީ ޔޫތު އެވޯޑު މި އަހަރު ނުބޭއްވީ ވީހާ ވެސް ގިނަ ބަޔަކު އެކަމުގައި ބައިވެރި ކުރުމަށް ކަމަށާއި ހުރިހާ އެންމެންގެ ބައިވެރިވުމާ އެކު އަންނަ އަހަރު އެވޯޑު ބާއްވާނެ ކަމަށެވެ.

Advertisement

"މިފަހަރު ވީ ގޮތަކީ ވީހާ ވެސް ގިނަ ބަޔަކު އެކަމުގައި ބައިވެރި ކުރަން ވެގެން. ފަހުކޮޅު މިދިޔައީ ވަރަށް ގިނަ އިވެންޓްތަކާ އެއްޗެހި ގޮސްގެން. އެހެންވެގެން ރަނގަޅު ޓައިމަކަށް ސެޓްކޮށްލަން ވެގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޔޫތު އެވޯޑު އެންމެ ފުރަތަމަ އޯގަސްޓް 12، ގައި ބޭއްވުމަށް ހަމަޖެއްސި ނަމަވެސް، ފަހުން މުއްދަތެއް ނެތް ގޮތަށް އެވޯޑު ހަފްލާ ފަސްކުރި އެވެ.

ޔޫތު އެވޯޑު ފަސްކުރަން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ސަރުކާރުގެ ހަރަދުތައް އިތުރުވުމާ ގުޅިގެން، ހަރަދުތައް ކުޑަ ކުރުމުގެ ގޮތުންނެވެ.

Advertisement

ނަމަވެސް އެ އެވޯޑް ހަފްލާ އޮކްޓޯބަރު 22، ގައި ބާއްވަން ނިންމައި، މާލޭގައި ނެތް މީހުން އޮކްޓޯބަރު 20، ގައި މާލެ އައުމަށް އެންގި އެވެ. ނަމަވެސް އޮކްޓޯބަރު 20، ގައި އެވޯޑު ހަފްލާ ވަނީ ދެވަނަ ފަހަރަށް ފަސްކޮށްފަ އެވެ.

"އަދަދު" އަށް މައުލޫމާތު ދިން މީހަކު ބުނީ އޮކްޓޯބަރު 20، ގެ ހަވީރު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި އޮއްވައި، އެ ޖަލްސާ ފަސްކުރިކަން އެންގީ އޮކްޓޯބަރު 20، ގެ ހެނދުނު 11:00 ޖެހިއިރު ކަމަށެވެ.

މި އަހަރު ޔޫތު އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް އޮތީ ކަނޑައަޅާފަ އެވެ.

ޔޫތު އެވޯޑު އެންމެ ފަހުން ދިނީ 2022 ގަ އެވެ. އެފަހަރު 10 ޒުވާނަކަށް އެވޯޑު ދިނެވެ.