Advertisement

އައިޖީއެމްއެޗުން ހައުސިން މިނިސްޓްރީއަށް 100 ޑަސްބިން ހަދިޔާކޮށްފި

23 ޑިސެންބަރު 2024 - 09:31 2

ލީވާން އަލީ ނާސިރު

ލ

Advertisement

އައިޖީއެމްއެޗް ހޮސްޕިޓަލުން ހައުސިން މިނިސްޓްރީއަށް ޑަސްބިންތަކެއް ހަަދިޔާ ކުރުން: ޖުމްލަ 100 ޑަސްބިން ހަދިޔާ ކުރި -- ފޮޓޯ؛ ހައުސިން މިނިސްޓްރީ


އައިޖީއެމްއެޗުން ހައުސިން މިނިސްޓްރީއަށް 100 ޑަސްބިން ހަދިޔާކޮށްފި

23 ޑިސެންބަރު 2024 - 09:31 2

Advertisement

Advertisement

އައިޖީއެމްއެޗް ހޮސްޕިޓަލުން ހައުސިން މިނިސްޓްރީއަށް 100 ޑަސްބިން މިއަދު ހަދިޔާ ކޮށްފި އެވެ.

އެ ޑަސްބިންތައް އައިޖީއެމްއެޗްގެ ފަރާތުން ހައުސިންއާ ހަވާލު ކޮށްދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް އެވެ.

Advertisement

އެ ޑަސްބިންތަކާ ހައުސިން މިނިސްޓްރީގެ ފަރާތުން ހަވާލުވެލެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.

އޭގެއިތުރުން އައިކެއާ އޮޕްޓިކަލްގެ ފަރާތުން ހައުސިން މިނިސްޓްރީއަށް މިއަދު 100 ނޯޓު ފޮޓް ވަނީ ހަދިޔާ ކޮށްފަ އެވެ.

އައިޖީއެމްއެޗްގެ އިތުރުން އައިކެއާ އިން ވެދެއްވި އެހީތެރިކަމަށް ހައުސިން މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Advertisement

ހައުސިން މިނިސްޓްރީއަށް އެކި ތަކެތި ހަދިޔާ ކުރަން ފަށާފައި މިވަނީ ޑިސެމްބަރު 11، ގައި އެ މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއްކޮށް އަނދައި ހުލިވުމާ ގުޅިގެންނެވެ.

އެ އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުންދާ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ މިނިސްޓްރީ ތަކުގައި ހުރި މުހިންމު ލިޔުންތައް ވަނީ ގެއްލިފަ އެވެ.

އެ ތިން މިނިސްޓްރީ ވެސް ވަގުތީ ގޮތުން މިހާރު ހިންގަމުން އަންނަނީ ދަރުބާރުގޭގަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ކޮސް

3 months ago

މިވެސް ދެން ޚަބަރެއް. !! ޚައިދަރުގެ ވިސްނުން ދޯ!!!

ައަދުރޭ

3 months ago

ފުލެޓުގަނޑެއްލިބޭތޯތަ ޑަސްބިނާއި، ނޯޓުފޮތާ،ފަޅޮލާ ތިބަހަނީ