about 19 hours 0
އެއް ވަނަ ހޯދި ރިހާން (ކ) އާއި ހަމްނާ އަށް ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް/ އިމޭޖަސް.އެމްވީ
about 19 hours 0
ބީއެމްއެލް 48 ވަނަ ގައުމީ ފެތުމުގެ މުބާރާތުގެ އޯޕަން ބައިން އެއް ވަނަ މުހައްމަދު ރިހާން ޝިހާމް އާއި ހަމްނާ އަހުމަދު ހޯދައިފި އެވެ.
ރާއްޖޭން ބޭރުގައި ސްކޮލަޝިޕެއް ފުރިހަަމަ ކުރަމުން އަންނަ ހަމްނާ، މި ފަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށް އަންހެން ބައިން އެއް ވަނަ ހޯދީ 100 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ، ޒައިނަބް އަބްދުﷲ ޝަފީގް އަށް 90 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި މެރާލް އައިން ލަތީފް އަށް ވަނީ 80 ޕޮއިންޓް ލިބިފަ އެވެ.
އެއް ވަނަ ފިރިހެން އެތުލީޓަކަށް ހޮވުނު، ރިހާން ވަނީ 105 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ، އަލީ އިމްއާން އަށް 95 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި ދާއިން އަހުމަދު ޝަގީފް ވަނީ 85 ޕޮއިންޓް ހޯދައިފަ އެވެ.
ޖޫނިއާ ފިިރިހެން ކެޓަގަރީގެ އެއް ވަނަ ހޯދީ 90 ޕޮއިންޓް ލިބުނު ޒުކައިން އަބްދުﷲ ހަނީފް އެވެ. ދެ ވަނަ ހޯދި އައިމަން މޫސާ ރަޝީދު އަށް 75 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި މުހައްމަދު އަލްޔާން ޝިފާން އާއި ޒާކިން އަޝްރަފް ރަޝީދަށް ވަނީ 35 ޕޮއިންޓް ލިބިފަ އެެވެ. ޖޫނިއާ އަންހެން ބައިން އެއް ވަނަ ހޯދީ، 95 ޕޮއިންޓާ އެކު އަމްނާ ތަޒްކިޔާ މިރްސާދު އެވެ. ދެ ވަނަ އަށް ދިޔައީ، ލައިލީ އަހުމަދު ނަވާޒް، ޒޯހާ އަޒްލީ ނަޒީމް އަދި ސާރާ މުހައްމަދު އެވެ. ލައިލީ، ޒޯހާ އަދި ސާރާ ވަނީ 50 ޕޮއިންޓް ހޯދައިފަ އެވެ. އަދި ތިން ވަނަ އަށް ދިޔަ އަލްޔާ އަޝްރަފް، މަލައިކާ ލިންޑާ އިމްރާން އަދި މަރިޔަމް މައިސަމް ނިޔާޒް އެވެ. މި ތިން ފެތުންތެރިންނަށް ވަނީ 30 ޕޮއިންޓް ލިބިފަ އެވެ.
އީއޭޑީ ފިރިހެން ކެޓަގަރީން އެއް ވަނަ ލިބުނީ، 60 ޕޮއިންޓް ހޯދި މޫސާ ޖާއިޝް ސަނާއުﷲ ޝަކީބް އެވެ. ދެ ވަނަ ހޯދި މުހައްމަދު އަޝްއަލް އާދަމް އަށް 55 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި އަހުމަދު ދާއީ މިރުޒާ އަށް ވަނީ 25 ޕޮއިންޓް ލިބިފަ އެވެ. މާސްޓާސް ކެޓަގަރީން އެއް ވަނަ ހޯދީ 70 ޕޮއިންޓް ހޯދި އަހުމަދު ޝާވީ ރާފިއު އެވެ. ދެ ވަނަ ހޯދި މުހައްމަދު އާމިރު އަށް 55 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި މޫސާ ނީވީން ވަނީ 35 ޕޮއިންޓް ހޯދައިފަ އެެވެ.
އެއް ވަނަ ފިރިހެން ޓީމަކީ، 330 ޕޮއިންޓް ހޯދި ފީނަ ސްވިމިން އެކެޑަމީ އެވެ. ދެ ވަަނަ އަށް ދިޔަ ނިއު ލެގޫން ސްވިމިން ކްލަބަށް ވަނީ 200 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނަ ހޯދި މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން އަށް ވަނީ 100 ޕޮއިންޓް ލިބިފަ އެވެ. އެއް ވަނަ އަންހެން ޓީމަކީ، 305 ޕޮއިންޓް ހޯދި ދި ސްޕޯޓްސް ކްލަބް އެވެ. އަދި ދެ ވަނަ އަށް ދިޔަ، މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނަށް ވަނީ 210 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނަ ހޯދި ނިއުލެގޫން ސްވިމިން ކްލަބަށް ވަނީ 115 ޕޮއިންޓް ހޯދައިފަ އެވެ.
Comment