22 ޑިސެންބަރު 2024 - 09:33 0
ލީވާން އަލީ ނާސިރު
އިމްރާން ޚާންގެ ސަޕޯޓަރުން މުޒާހަރާ ކުރުން: އިމްރާން ޚާންގެ 25 ސަޕޯޓަރަކު ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައި -- ފޮޓޯ: ގެޓީ
22 ޑިސެންބަރު 2024 - 09:33 0
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިދިޔަ އަހަރު ޖަލަށް ލުމާއެކު، އެ ގައުމުގެ މިލިޓަރީ ސައިޓްތަކަށް ހަމަލާ ދިން އޭނާގެ 25 ސަޕޯޓަރަކު ޖަލަށް ލުމަށް މިލިޓަރީ ކޯޓަކުން ހުކުމްކޮށްފި އެވެ.
އިއްޔެ މީހުންގެ މައްޗަށް ދެ އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، 14 މީހެއްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
މިދިޔަ އަހަރު މެއި މަހު އިމްރާން ޚާންގެ ސަޕޯޓަރުން ކުރި މުޒާހަރާތަކުގައި މިލިޓަރީ ސައިޓްތަކަށް ވަދެގަނެ، އެތަން ތަނަށް ގެއްލުންތަކެއް ދިނެވެ. އަދި ޖެނެރަލެއްގެ ގޭގައި ވެސް އަލިފާން ރޯކޮށްލި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުކަން 2018 އިން 2022 ގެ ނިޔަލަށް ކުރެއްވި އިމްރާން ޚާން މަގާމުން ވަކި ކުރީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުންނެވެ.
އިމްރާން ޚާންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި އެހެނިހެން ދައުވާތަކުގެ ކުށް ސާބިތުވެ، އޭނާއަށް ވަނީ 34 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އިއްވާފަ އެވެ. މިދިޔަ ފެބްރުއަރީގައި އޮތް ޕާކިސްތާނުގެ އިންތިހާބުގައި އޭނާ އަށް ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުނީ އެހެންވެ އެވެ. ނަމަވެސް އޭނާ ނިސްބަތްވާ ޕީޓީއައި އިން އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ހޯދި އެވެ.
Comment