Advertisement

އަލިފާނުގެ ހާދިސާގެ ސަބަބުން 22 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި

19 ޑިސެންބަރު 2024 - 17:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތިން މިނިސްޓްރީއެއްގައި އަލިފާން ރޯވި ސަރަހައްދުގައި އެމްއެންޑީއެފް އަދި އެންޑީއެމްއޭއިން ހަރަކާތްތެރިވުން: އަލިފާނުގެ ހާދިސާގައި 22 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި ކަމަށް އެންޑީއެމްއޭ އިން ބުނޭ -- ފޮޓޯ: އެންޑީއެމްއޭ


އަލިފާނުގެ ހާދިސާގެ ސަބަބުން 22 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި

19 ޑިސެންބަރު 2024 - 17:10 0

މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީއެއްގެ އިމާރާތުގައި އަލިފާން ރޯވެ އަނދައި ހުލިވި އަލިފާނުގެ ހާދިސާއާ ގުޅިގެން 22 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލު ކުރި 29 މީހުންގެ ތެރެއިން ފަސް މީހުން ވަނީ އެ މީހުންގެ ގެތަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން 22 މީހުންނަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވެހިކަން ވަނީ އިތުރު ކޮށްފައި ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހުންނަ އިމާރާތް އެއްކޮށް އަނދައި ހުލިވި އެވެ. އަދި މާލެ ސިޓީ ކައުންސިލުގެ އިމާރާތެއްގައި ވެސް ރޯވެ ގެއްލުންވި އެވެ.

އެ ހާދިސާއާ ގުޅިގެން އެނދި ތިން މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކޮށްފައިވާއިރު، މާލެ ސިޓީގެ އެނދި އިމާރާތުގެ ހިދުމަތްތައް ވަގުތީ ގޮތުން ގަލޮޅު މަދުރަސާއަށް ވަނީ ބަދަލު ކޮށްފަ އެވެ.

އޭގެއިތުރުން އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ބައެއް ގެތަކާއި ފިހާރަތަކަށް ވެސް ގެއްލުން ލިބުނެވެ.

އަލިފާނުގެ ހާދިސާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ ތަހުގީގަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.