Advertisement

ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެންބަރު 2025 - 14:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަނީ --- ފޮޓޯ: އެމްވީ ކްރައިސިސް


ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެންބަރު 2025 - 14:05 0

ހުޅުމާލެ ދެވަނަ ފިޔަވައްސާއި އެކުވެފައި އޮންނަ ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެ އަނދަމުން ދަނީ ފަރުކޮޅުފުށީގައި ރިސޯޓު ހިންގި އިރު ބޭނުންކުރި، ވަރަށް ދުވަސްވެފައި ހުރި އިމާރާތެއްގަ އެވެ.

އެ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެ، ގިނަ އަދަދެއްގެ ކަޅު ދުން އަރާތަން ވީޑިއޯތަކުން ފެނެ އެވެ. އަލިފާން ރޯވީ ހުކުރު ވަގުތު ކަމުން ހާދިސާ ހިނގިއިރު، އެ އިމާރާތުގެ ތެރޭ އަދި އެ ސަރަހައްދުގައި މީހަކު ހުރެދާނެ ކަމަކަށް ނުބެލެވެ އެވެ.

އަލިފާންގަނޑު ނިއްވާލުމަށް ސިފައިން މިހާރު ދަނީ ހަރަކާތްތެެރިވަމުންނެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުނީ މެންދުރުފަހު 1:00 ހާއިރު ކަމަށެވެ.

ފަރުކޮޅުފުށި މިހާރު އޮތީ ހުޅުމާލެ ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގަ އެވެ. އެ ރަށުގައި އެ ކުންފުނިން ކުއްޔަށް ދޭ އިވެންޓު ސްޕޭސްތަކާއި ގުދަންތައް އަދި އެކި ސައިޓުތައް ހުރެ އެވެ.