Advertisement

ރާއްޖެ ފަދަ މޫސުމީ ބަދަލުތަކަށް ނާޒުކު ގައުމުތަކަށް އެހީ ފޯރުކޮށްދޭން އައިސީޖޭގައި ރާއްޖެއިން ގޮވާލައިފި

6 ޑިސެންބަރު 2024 - 22:30 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިވެހި ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް: ރާއްޖޭގެ ވަކީލުންގެ ޓީމުގައި އުޝާމް ހިމެނިވަޑައިގަންނަވާ -- ފޮޓޯ: އޭޖީ އޮފީސް


ރާއްޖެ ފަދަ މޫސުމީ ބަދަލުތަކަށް ނާޒުކު ގައުމުތަކަށް އެހީ ފޯރުކޮށްދޭން އައިސީޖޭގައި ރާއްޖެއިން ގޮވާލައިފި

6 ޑިސެންބަރު 2024 - 22:30 0

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެކި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިޝްތިޝާރީ ލަފަޔަކަށް އެދި އދ ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ރާއްޖެއިން ބައިވެރިވެ، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުއިން އެހީ ފޯރުކޮށްދިނުމަށް ގޮވާލައިފި އެވެ.

ބަންޑާރަނައިބުގެ އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އައިސީޖޭގައި މިއަދު އޮތް އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ދިވެހިރާއްޖެ ނާޒުކުކަން ފާހަގަކުރެއްވި ކަމަށެވެ.

އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލު ކުރަންޖެހުމަކީ ދިވެހި ސަރުކާރު ދެކޮޅު ކަމެއް ކަމަށް ވެސް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވި ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ރާއްޖެއިން ހުށަހެޅި ބަޔާންތަކުގައި ތިމާވެށްޓާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާތަކަށް އަލި އަޅުވައިލި ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ރާއްޖޭގެ ގާނޫނީ ވަކީލުން ތަފުސީލުކޮށްދެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއް ކަމަށް ރާއްޖޭގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.