about 12 hours 0
about 12 hours 0
މިލާން (ޑިސެމްބަރު 4) - އިޓާލިއަން ކަޕްގެ ގަދަ 16 ބުރުގައި ރޭ 6-1 ގެ ބޮޑު ތަފާތަކުން ސަސުއޯލޯ ބަލިކުރުމަަށް ފަހު، އޭސީ މިލާން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިލާނުން ރޭގެ މެޗު ފެށިގެން ކޮންޓްރޯލް ނަގައިގެން ކުޅެ ފުރަތަމަ ހާފު ނިންމާލީ ވެސް ހަތަރު ލަނޑުގެ ލީޑަކާ އެކު އެވެ. މިލާނުން ލީޑުނެގީ، 12 ވަނަ މިނިޓްގައި ސެމިއުލް ޗުކުވޭޒީ ޖެހި ގޯލުންނެވެ. ފުރަތަމަ ލަނޑު ޖެހިތާ ފަސް މިނިޓް ފަހުން، މިލާނުން ލީޑުފުޅާކުރި އެވެ. މި ލަނޑު ޖެހީ، ޓިޖާނީ ރައިންޑާސް އެވެ.
އަދި ފުރަތަމަ ހާފުގައި އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ، ފުރަތަމަ ގޯލު ޖެހި ޗުކުވޭޒީ އާއި ރަފައެލް ލެއާއޯ އެވެ. މި ހަތަރު ގޯލު ވެސް މިލާނުން ކާމިޔާބުކުރީ ފުރަތަަމަ 23 މިނިޓް ތެރޭގަ އެވެ.
ދެ ވަަނަ ހާފުގެ ކުޅުން ފަށައިގެން 11 މިނިޓް ތެރޭ މިލާނުގެ ކެޕްޓަން، ޑޭވިޑް ކަލަބްރިއާ ވަނީ މިލާނުގެ ފަސް ވަނަ ގޯލު ޖަހައިފަ އެެވެ. އޭގެ ތިން މިނިޓް ފަހުން، މެޗުގައި ސަސުއޯލޯ އިން ޖެހި ހަމައެކަނި ލަނޑު ކާމިިޔާބުކުރީ، ސަމުއެލް މުލަތިއޭރީ އެވެ.
މިލާނުން މެޗުގައި ޖެހި ފަހު ގޯލު ޖެހީ 62 ވަނަ މިނިޓްގައި ޓެމީ އަބްރަހަމް އެވެ.
އިޓާލިއަން ކަޕްގެ ގަދަ 16 ބުރުގައި މި ހަފްތާގައި ދެން އޮތީ، ފިއޮރެންޓީނާ އާއި އެމްޕޮލީ ކުޅޭ މެޗާއި ލާޒިއޯ އާއި ނަޕޯލީ ބައްދަލުކުރާ މެޗެވެ.
Comment