Advertisement

ވުޖޫދުގައި ނެތް އުކުޅަސް އިޖުތިމާއީ މަރުކަޒަކަށް ސިޔާސީ މުވައްޒަފެއް ނަގައިފި

4 ޑިސެންބަރު 2024 - 07:17 1

ލީވާން އަލީ ނާސިރު

ލ

Advertisement

އއ. އުކުޅަސް: އުކުޅަހުގައި އިޖުތިމާއި މަރުކަޒެއް ނުހުރޭ -- ފޮޓޯ؛ އުކުޅަސް ކައުންސިލް


ވުޖޫދުގައި ނެތް އުކުޅަސް އިޖުތިމާއީ މަރުކަޒަކަށް ސިޔާސީ މުވައްޒަފެއް ނަގައިފި

4 ޑިސެންބަރު 2024 - 07:17 1

Advertisement

Advertisement

ވުޖޫދުގައި ނެތް އއ. އުކުޅަސް އިޖުތިމާއީ މަރުކަޒުގެ އިސްވެރިޔަކަށް ސްޕޯޓްސް މިނިސްޓްރީން ސިޔާސީ މުވައްޒަފެއް ނަގައިފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ސޮއިކުރައްވާފައިވާ ވަޒީފާގެ ޗިޓުން އެނގޭ ގޮތުގައި އިޖުތިމާއީ މަރުކަޒުގެ އިސްވެރިޔަކަށް ސްޕޯޓްސް މިނިސްޓްރީގެ އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރެއްގެ ގޮތުގައި ނެގީ އެ ރަށު ބަހާރީގެ އަބްދުﷲ އާރިފެވެ.

Advertisement

އަބްދުﷲ އާރިފްގެ ވަޒީފާގެ ޗިޓުން އެނގޭ ގޮތުގައި އޭނާއަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް 15،000ރ. ލިބޭނެ އެވެ.

އުކުޅަހު ކައުންސިލުގެ ރައީސް އިބްރާހިމް ޝައުކަތު "އަދަދު" އަށް ވިދާޅުވީ އެ ރަށުގައި އިޖުތިމާއީ މަރުކަޒެއް ނެތްއިރު، އެފަދަ މަރުކަޒެއް އެޅުމަށް ޕްލޭން ކޮށްފައި ވެސް ނުވާ ކަމަށެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އެކި ރަށްރަށުގެ އިޖުތިމާއީ މަރުކަޒުތަކާއި އަދި އެހެނިހެން ތަންތަނަށް ވެސް އެކި ރޭންކުތަކުގައި ސިޔާސީ މުވައްޒަފުން ނަގަމުންނެވެ.

Advertisement

ސަރުކާރުން ހަރަދު ކުޑަ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މިދިޔަ މަހު 248 ސިޔާސީ މުވައްޒަފުން މަގާމުން ވަކި ކޮށްފައިވާ ކަމަށް ބުނެފައިވާއިރު، އެއްވެސް ތަފްސީލެއް ނުދެ އެވެ.

އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އާ ގަތް ކުރެ އެވެ. ނަމަވެސް ސަރުކާރުން ސީދާ އަދަދު ހާމަ ނުކުރާތީ ޖުމްލަ ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ސާފެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންއިރު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުވާނެ ކަމަށެވެ. އެ އަދަދަށް ވުރެ ގިނައިން ސިޔާސީ މުވައްޒަފުން ސަރުކާރަށް ނެގުމުން ގިނަ ބަޔަކު އަންނަނީ ފާޑު ކިިޔަމުންނެވެ.

Advertisement

25.00%

0.00%

75.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

މާނާ ޙަސސަނ

3 months ago

އުކުޅަހު ކައުންސިލުގެ ނައިބު ރައީސް އޭނާގެ މިނިސްޓަރު ކޮއްކޮ އަށް ޕްރެޝަރު ކޮއްގެން، އޭނާގެ ޅިޔަނަށް ނުހައްގު ސިޔާސީ މަގާމެއް ދިނީ