15 ފެބުރުވަރީ 2026 - 22:58 1
މުހައްމަދު ޝަހްޒާން
2024 ވަނަ އަހަރުގެ ތިންވަނައަށް އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑާ އުމެއިރު ހަވާލުވަނީ --- ފޮޓޯ: ސްނެޕްޝޮޓް
15 ފެބުރުވަރީ 2026 - 22:58 1
ސްޕޯޓްސް މިނިސްޓްރީން ބާއްވާ ކުޅިވަރު އެވޯޑްސްގައި، އަހަރުގެ ތިންވަނައަށް އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިއަކަށް ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒު ހޮވިއްޖެ އެވެ.
މިއީ ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެއްގެ ދަރިކަލުންނަށް މިފަދަ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ.
މިރޭ ބޭއްވި ކުޅިވަރު އެވޯޑްސްގައި އުމެއިރުއަށް ލިބުނީ 2024 ވަނަ އަހަރުގެ ތިންވަނައަށް އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ އެވޯޑެވެ. އެ އެވޯޑަށް އޭނާ ނޮމިނޭޓު ކުރީ ޓޭބަލް ޓެނިސް (ޓީޓީ) އެސޯސިއޭޝަނުންނެވެ.
2024 ވަނަ އަހަރު ބޭއްވި ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ދެ ރަން މެޑެލް އާއި ހަތަރު ރިހި މެޑެލް އަދި އެއް ބްރޯންޒް މެޑެލް އުމެއިރު ހޯދި އެވެ. އެ މުބާރާތުން އުމެއިރު ރަން މެޑެލް ހޯދީ 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިންނާއި 17 އަހަރުގެ ފިރިހެން ޑަބަލްސްއިންނެވެ.
މިރޭގެ އެވޯޑްސްގައި 2024 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ މުހައްމަދު ރިހާން ޝިހާމް އެވެ. އޭނާއަކީ ފެތުންތެރިއެކެވެ. އެ އަހަރުގެ ދެވަނައަށް އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ޒީކް ހަސަން ލަތީފް އެވެ. އޭނާއަކީ ވެސް ޓީޓީ ކުޅުންތެރިއެކެވެ.
Comment