Advertisement

ކުޅިވަރު އެސޯސިއޭޝަންތައް ދެފުށްފެންނަ ގޮތަށް ކަންކަން ކުރަންޖެހޭ: މިނިސްޓަރު ރާފިއު

about 1 hour 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ރާފިއު (ވ).--- ފޮޓޯ: އަަދަދު ސްޕޯޓްސް


ކުޅިވަރު އެސޯސިއޭޝަންތައް ދެފުށްފެންނަ ގޮތަށް ކަންކަން ކުރަންޖެހޭ: މިނިސްޓަރު ރާފިއު

about 1 hour 0

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން މަސައްކަތްތައް ކުރުމުގައި ދެފުށްފެންނަ ގޮތަށް ކަންކަން ރޭވިގެންދިއުމަކީ ފުރިހަމަވާންޖެހޭ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގަށް ކުޅިވަރު ވުޒާރާއިން އެންމެ ބޮޑަށް ބާރު އަޅާ އެއް ކަމަކީ، ކުޅިވަރު އެޑްމިނިސްޓްރޭޝަން، ނުވަތަ ކުޅިވަރު ހިންގުން ހަރުދަނާކުރުން ކަމަށެެވެ.

"ހުރިހާ ގައުމީ އެސޯސިއޭޝަންތަކެއް ވެސް ގުޑް ގަވާނަންސްގެ އުސޫލުތައް ވަރުގަދަކުރުމަށް ސަރުކާރުން ދޭ ހާއްސަ އިސްކަމެއްކަން އަޅުގަނޑު ފާހަގަކުރަން، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި ޖަވާބުދާރީ ކުރުމާއި އަމާނާތްތެރިކަމާ އެކު މާލީ ކަންކަން ބެލެހެއްޓުމަކީ ހަމައެކަނި އިހުތިޔާރީ ކަމެއް ނޫން. އެއީ ކޮންމެ ހެން ފުރިހަމަވާން ޖެހޭ އަސާސީ ބިންގަލެއް،" އޭނާ ވިިދާޅުވި އެވެ.

ހަރުދަނާ ނިޒާމެއްގެ ތެެރެއިން ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންކަން ހިނގުމަކީ، އެ ވުޒާރާއަކާ މެދު އިތުބާރު އުފެދި، ކުޅުންތެރިންގެ މެދުގައި ޔަގީންކަން އިތުރުވެގެން ދާނެ ކަމެއް ކަމުގައި ވެސް ރާފިއު ފާހަގަކުރެއްވި އެވެ.

"ކުޅިވަރު އިދާރާތަކުގެ އަބުރު ހިމާޔަތްކޮށްދޭ ކަމެއް. ތިޔަބޭޅުންނަކީ ލީޑަރުންގެ ހައިސިއްޔަތުން، ދިވެހި ކުޅިވަރުގެ މައިދާނުގައި ޕްރޮފެޝަނަލް މިންގަނޑުތަކާއި އަހުލާގީ އުސޫލު ދެމެހެއްޓުމުގެ ނަމޫނާ ދައްކަވައިދޭން ޖެހޭ ބޭފުޅުން، މި ތަސައްވުރާ އެއްގޮތަށް، ކުޅިވަރުގެ ނިޒާމް ޒަމާނީކޮށް ވަރުގަދަކުރުމަށްޓަކައި ގައުމީ ކުޅިވަރު ގާނޫނަށް ވާނީ ބަދަލުތަކެއް ގެނެސްފައި،" ރާފިއު ވިދާޅުވި އެވެ.

އެ ގޮތުން، މި ސަރުކާރުން އިސްވެ ގިނަ މަސައްކަތްތަކެއްކޮށް، ކުޅިވަރު ގާނޫނަށް ގެނެވުނު އިސްލާހުގެ މަގުސަދަކީ ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުން އަދި ފެޑެރޭޝަންތަކަށް ހަމަހަމަ ފުރުސަތުކެއް ހޯދައިދިނުން ކަމުގައި ވެސް ރާފިއުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

މި ވަގުތު ބައެއް އެސޯސިއޭޝަންތަކަކީ އިދާރީގޮތުން ޖަވާބުދާރީވުން ހަރުދަނާވެ، މަސައްކަތްކުރާނެ ސާފު އުސޫލުތަކެއް ކަނޑައެޅި، ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެފައިވާ އެސޯސިއޭޝަންތަކެއްކަން ފާހަގަކުރަން ޖެހޭ ކަމަށް ރާފިއު ވިދާޅުވި އެވެ. އަދި، މީގެ ނަތީޖާ އަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތެރެއިން "ފަސޭހައިން ވަދެވި މުސްތަގުބަލަށް އަމާޒުހިފާފައިވާ ދާއިރާއަކަށް" ވެގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެސޯސިއޭޝަންތަކާ އެކު ސްޕޯޓްސް މިނިސްޓްރީ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ރާފިއު ދެއްވި އެވެ. އަދި، ސްޕޯޓްސް މިނިސްޓްރީން ދޭ އެހީތެރިކަމުގެ އެންމެ ރަނގަޅު ފައިދާނެގޭނީ އެސޯސިއޭޝަންތަކުން އަމިއްލަ އަށް އިސްނަގައިގެން ވެސް މަސައްކަތްތަކެއް ކޮށްގެން ކަމަށް ރާފިއު ވިދާޅުވި އެވެ.

"އެސޯސިއޭޝަންތަކަށް ދޭ އެޑްމިނިސްޓްރޭޓިވް ބަޖެޓް އެއް ހަމަކޮށް، ޖެނެރަލް ސެކްރެޓަރީގެ މުސާރަ ބޮޑުކުރުމާއި އެސޯސިއޭޝަންތަކަށް ދެ އެޑްމިނިސްޓްރޭޓިވް ސްޓާފުން ދޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައި،" އެސޯސިއޭޝަންތައް ހިންގުމަށް ދިމާވާ ގޮންޖެހުންތަކަށް މިނިސްޓްރީން ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވުމުގެ ގޮތުން ރާފިއު ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރު އަމާޒުހިފާފައި އޮތީ ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ކައިރި މުސްތަގުބަލުގައި ވެސް ކަންކަން ހާސިލްކުރެވޭނެ ގޮތަށް ކަމަށާއި، 15 ނޫނީ 20 އަހަރު ތެރޭ އޭޝިއަން ގޭމްސް އާއި އޮލިމްޕިކްސް ފަދަ ބޮޑެތި ކުޅިވަރު ހަރަކާތްތަކުގައި ޕޯޑިއަމް ފިނިޝް (މެޑަލެއް) ހޯދުމަކީ ހާއްސަ ޓާގެޓެއްގެ ކަމުގައި ރާފިއު ވިދާޅުވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން ކުޅިވަރު އެސޯސިއޭޝަންތަކާ ބައިވެރިވުން ބޮޑުވާނެ ގޮތަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އޭގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ރާފިއު ފާހަގަކުރެއްވި އެވެ.