Advertisement

އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް، ލިބޭ ފައިސާ ލޯންޑާކުރާ ކަމަށް ބުނާ މައްސަލައެއް ބަލަނީ

1 ޑިސެންބަރު 2024 - 18:04 2

އަހުމަދު އާއިދު

އ

Advertisement

މާލޭގައި ހުންނަ އެފްއެސްއެމް ގެ ޕެޓްރޯލް ޝެޑެއް : އެ ކުންފުނީގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުން --- ފޮޓޯ: އަދަދު


އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް، ލިބޭ ފައިސާ ލޯންޑާކުރާ ކަމަށް ބުނާ މައްސަލައެއް ބަލަނީ

1 ޑިސެންބަރު 2024 - 18:04 2

Advertisement

Advertisement

ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް އެ ތަކެތި ވިއްކައިގެން ލިބޭ ފައިސާ ލޯންޑާ ކުރާ ކަމަށް ޝައްކުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މައްސަލަ ބަލަމުންދަނީ ފުލުހުންގެ ހާއްސަ ޓީމަކުން ކަމަށެވެ.

Advertisement

އެގޮތުން، އެ ޓީމުން މިހާތަނަށް 10 މީހަކާއި ދެ ގެއެއް އަދި ތެޔޮއުފުލާ ދެ ބާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މި ރެއިޑުތަކުގައި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތަކެއް ހޯދާފައިވާ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާއިގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ،" އިހުސާން އިތުރަށް ލިޔުއްވާފައިވެ އެވެ.

އެފްއެސްއެމް އިން ތެލުގެ ވައްކަމެއް ފަޅާއަރާ އެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ސުހައިލް ވަނީ ނޮވެމްބަރު 26، ގައި އިސްތިއުފާދެއްވާފަ އެވެ.

Advertisement

މި ނޫހަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ސުހައިލް އިސްތިއުފާ ދިނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބަލަމުން ދަނިކޮށެވެ. ނަމަވެސް އެ މައްސަލައާ މިރޭ ހާމަވި މައްސަލައާ ގުޅުމެއް އޮތް ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ސައިޚް

3 months ago

ތިކަމުގަ އުޅެނީ ޕީ.ޕީ.އެމް. ޕީ.އެން.ސީ. މީހުންވިއްޔާ ހުދުކާފޫރަށްވެދާނެ، ވައްސަލާމް،

ބުހުތާނު6

3 months ago

ގައުމީ ކަމެއް މިހާރުތިީ.. ނޫސްތަކަށް އަލަށް އެރިއަސް ތީ އާދަވެގެން ހިނގާ ކަމެއް.. ކީއްވެތަ ބޮޑު ބާޖަށް އަރަން އެންމެން އުޅެނީ؟؟ މި ސަކަރާތް ޖަހަން.. މާލެ ވިލިނގިލީގަ ވެސް ބާޖުތައް އޮންނައިރު މިކަން ހިންގާކަމަށްވަނީ ދަންވަރު.. ދުވާލަކު ކަޓަށް 1000 ވަރު ލިބެންޏާ އެންމެން ދާން އުޅޭނީ ބޮޑު ބާޖަށް..