Advertisement

އެފްޑީސީން 13،000 ހައުސިން ޔުނިޓް އަޅަން ފައިސާ ހޯދަނީ

1 ޑިސެންބަރު 2024 - 14:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެ ކުންފުނިން މިހާރު އަޅަމުންދާ އަމާން އުދަރެއް ފްލެޓުތައް: 13،000 ހައުސިން ޔުނިޓް އަޅަން ފައިނޭންސް ހޯދަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


އެފްޑީސީން 13،000 ހައުސިން ޔުނިޓް އަޅަން ފައިސާ ހޯދަނީ

1 ޑިސެންބަރު 2024 - 14:42 0

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން 13،000 ހައުސިން ޔުނިޓް އަޅަން ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް "އަދަދު" އަށް ވިދާޅުވީ މާލެ ސަރަހައްދުގައި 5،000 ހައުސިން ޔުނިޓުގެ ދެ މަޝްރޫއު އަދި 3،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ހިންގަން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތިން ޕްރޮޖެކްޓް ވެސް ފޯކަސް ކުރެވިފައި މިވަނީ ގްރޭޓާ މާލެ ސަރަހައްދަށް. މި ސްޓޭޖުގައި މިހާރު ކުރިއަށް މިދަނީ ފައިނޭންސިންގެ މަސައްކަތްތައް. ފައިނޭންސިން ޓާމްސްތައް ކަނޑައަޅައި ނެގޯޝިއޭޓްކޮށް އަގެއް ކަނޑައަޅައި، އިކޮނޮމިކް ކައުންސިލުގައި ހުއްދަ ހޯދައި، އެ ހުއްދައާ އެކު ޕްރޮޖެކްޓް އެގްރީމަންޓުގައި ސޮއިކޮށް އިމާރާތް ކުރުމުގެ ސްޓޭޖާ ހަމައަށް ދާނަން،" ހަމްދާން ވިދާޅުވި އެވެ.

އެ 13،000 ހައުސިން ޔުނިޓުގެ ތެރެއިން 5،000 ހައުސިން ޔުނިޓްގެ ދެ މަޝްރޫއު ހަވާލުކުރަނީ ތުރުކީ އާއި ޗައިނާ ކުންފުންޏަކާ އަދި 3،000 ހައުސިން ޔުނިޓްގެ މަޝްރޫއު ހަވާލުކުރަނީ ލަންކާ ކުންފުންޏަކާ ކަމަށް ހަމްދާން ވިދާޅުވި އެވެ.

އެގޮތުން ފްރޭމްވޯކް އެއްބަސްވުމުގައި އެ ތިން ކުންފުންޏާ އެކު ސޮއިކޮށްފައިވާކަން ފާހަގަކުރައްވާ ހަމްދާން ވިދާޅުވީ ފައިނޭންސް ހަމަޖެހި އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން އެ ކުންފުނިތަކުގެ ނަންތައް ހާމަކުރާނެ ކަމަށެވެ.

ހަމްދާން ވިދާޅުވީ ހައުސިން ޔުނިޓްތައް އިމާރާތް ކުރާއިރު ޑިޒައިނަށް ވެސް ބަދަލުތަކެއް ގެނެސް، ޑިޒައިން ކުރަނީ ޕާކިންފަދަ ކަންކަމަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކަމަށެވެ.

ނަމަވެސް ހައުސިން ޔުނިޓްތަކުގެ ސައިޒަށް ބަދަލު ނާންނާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ހައުސިން ޔުނިޓުގެ ސައިޒު ހުންނާނީ އެފްޑީސީގެ 4،000 ހައުސިން ޔުނިޓުގެ ސައިޒަށް ނުވަތަ އެއަށްވުރެ ވެސް ބޮޑުކޮށް ކަމަށެވެ.

ފައިނޭންސް ހޯދައި މަޝްރޫއުގައި ސޮއިކޮށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމެންވާއިރަށް 13،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.