Advertisement

އެސްޓީއޯގެ ތެޔޮ ބިލްތަކަށް ކުރާ ހަރަދު ބޮޑަވަނީ ކޮރަޕްޝަންގެ ސަބަބުން: ޔާމީން

29 ނޮވެންބަރު 2024 - 12:59 2

މުހައްމަދު ޝަހްޒާން

މ

Advertisement

ޕީއެންއެފް ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު


އެސްޓީއޯގެ ތެޔޮ ބިލްތަކަށް ކުރާ ހަރަދު ބޮޑަވަނީ ކޮރަޕްޝަންގެ ސަބަބުން: ޔާމީން

29 ނޮވެންބަރު 2024 - 12:59 2

Advertisement

Advertisement

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާއިރު، އެސްޓީއޯއިން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވަނީ ސަރުކާރުގެ ވަކި ބަޔަކަށް ބައި ލިބޭ ގޮތަށް ވިޓޯލް އާ ގުޅިގެން ހިންގަމުންދާ ކޮރަޕްޝަނާ ގުޅިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ޖަލްސާގައި ރޭ ވާހަކަދަ އްކަވަމުން ޔާމީން ވިދާޅުވީ މީގެ ކުރިން ތެޔޮ ބިލުތަކަށް ކުރާ ހަރަދަށްވުރެ މިހާރު ކުރަންޖެހޭ ހަރަދު ބޮޑުވެގެން އުޅެނީ ވިޓޯލްއިން ބުނާ އަގެއްގައި އެސްޓީއޯއަށް ތެޔޮ ގަންނާތީ ކަމަށެވެ.

Advertisement

"އެ ތެޔޮ ބިލްތަކަށް އަގުބޮޑުވެގެން އެ އުޅެނީ ކޮރަޕްޝަނުން، އިންތިހާއަށް ކޮރަޕްޓު ބައެއް ވިޓޯލް އެއީ އެ މީހުންނަށް ސަރުކާރުން ބައި އެޅިގެން އެމީހުން ބުނާ އަގެއްގައި ތެޔޮ ގަންނާތީ އެކަން ވެގެން އެ އުޅެނީ، މުނައްވަރު މެންނަކަށް ކަހަލަ މައްސަލަތައް ބަލާކަށް ނުކުރޭ، ރައްޔިތުންގެ ފައިސާއޭ އެ ހޭދަ ކުރަނީ މިކަމަށް، ވިޓޯލުން ސަރުކާރުގެ ބައެއް ފަރާތްތަކަށް ބައި އަޅައިގެން މިކަން މި ކުރަނީ، އެހެންވެގެން ތެޔޮ ބިލްތައް ބޮޑުވެގެން މިއުޅެނީ، ދުނިޔޭގައި ތެޔޮ އަގުހެޔޮވަމުންދާ ވަގުތެއް މިއީ އިނގޭތޯ؟،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އެ މޭރުމުން ވާހަކަދެއްކެވީ މިދިޔަ ބުދަ ދުވަހު އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު، އަހުމަދު މުނައްވަރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަ އެވެ.

އެ ދުވަހު ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ދިވެހިރާއްޖެއަށް އެތައް ބައިވަރު ޑޮލަރެއް ވަންނައިރު، ރާއްޖޭގެ ރިޒާވް ދަށަށް ދާ ސަބަބާ ގުޅޭގޮތުން ބޭރުގެ މާލީ އިދާރާތަކުން ވެސް ސުވާލު ކުރާ ކަމަށެވެ.

Advertisement

އެ މައުލޫއު ތަފުސީލު ކޮށްދެއްވަމުން މުނައްވަރު ވިދާޅުވީ އަހަރެއްގެ މައްޗަށް އެމްއެމްއޭއަށް ލިބޭ ޑޮލަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް ހޭދަ ކުރަނީ އެސްޓީއޯގެ ތެޔޮ ބިލްތަކަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެވަރެޖުކޮށް އަހަރެއްގެ މައްޗަށް އެއް ބިލިއަން ޑޮލަރު ލިބޭއިރު، އެއް ބިލިއަން ޑޮލަރު ހޭދަ ކުރަނީ ކިހިނެއްތޯ؟ އެންމެ ބޮޑު އެއްޗެއް މި ހޭދަ ކުރަނީ އެސްޓީއޯގެ ތެޔޮ ބިލަށް، އެސްޓީއޯގެ ތެޔޮ ބިލަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 500-600 މިިލިއަން ޑޮލަރު ހޭދަކުރޭ، މީގެ ތެރެއިން ވެސް ހަމަ ބޮޑު ބައެއް ޓޫރިޒަމް އިންޑަސްޓްރީއާ އެހެން ފަރާތްތަކަށް ވެސް ހަމަ ބޭނުންވާނެތާ، އެހެންވީމާ އޭގެ މާނައަކީ އެންމެ މުހިންމު، ރިޒާވްގެ އެންމެ ބޮޑަށް އަޅުގަނޑުމެން މި ނަގާކަމުގެ ބޭނުން ކުރަނީ، އެންމެ ބޮޑު ހޭދައެއް މިކުރަނީ އަޅުގަނޑުމެންގެ ތެލަށް،" މުނައްވަރު ވިދާޅުވި އެވެ.

އެސްޓީއޯގެ ތެޔޮ ބިލްތަކަށް ކުރަންޖެހޭ ހަރަދު ބޮޑު ވާހަކަ މުނައްވަރު ފާހަގަކުރެއްވިއިރު، އެސްޓީއޯއަށް ބޭނުންވާ ހުރިހާ ތެލެއް މިހާރު ގަންނަނީ ނެދަލޭންްޑްސްގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވިޓޯލް އިންނެވެ. މީގެ ކުރިން އެސްޓީއޯއަށް ތެޔޮ ގަންނަމުން އައީ އޮމާނުގެ ގައުމީ ތެޔޮ ކުންފުނި، އޯކިޔުއިންނެވެ. އޭގެ ކުރިން ސައުދީ އަރަމްކޯ އާއި އަމިއްލަ ޓްރޭޑަރުން އަތުންނެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ތަފްސީލް

3 months ago

އަދިވެސް ހިޔެއްނުވޭ ރައީސް ޔާމީން ތެލުން ވައްކަން ކުރިވަރަށް ކުރެވޭނެހެންނެއް

އަޙްމަދު ޙުސައިން

3 months ago

ތެލުގެ އެންމެ ބޮޑު ވަގަކީ ރައީސް ޔާމިން ކަމަށް އެމްޑީޕީން ހަޅޭލެވީ. އެމަނިކުފާނަކީ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކޮށްގެން މަޖްލީހުން ވެސް މައްސަލަ ބަލާފައިވޭ. މިމަނިކުފާނުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަން ލަދުގަންނަންޖެހޭނެ