Advertisement

"ރިސެޓް" ގެ ނަމުގައި ޔާމީންގެ ޕީއެންއެފް އިން ސިޔާސީ ހަރަކާތެއް ފަށަނީ

about 1 hour 0

ކުރީގެ ރައީސް ޔާމީން:


"ރިސެޓް" ގެ ނަމުގައި ޔާމީންގެ ޕީއެންއެފް އިން ސިޔާސީ ހަރަކާތެއް ފަށަނީ

about 1 hour 0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން "ރިސެޓް" ގެ ނަމުގައި ސިޔާސީ ހަރަކާތެއް ފަށަން ތައްޔާރުވެއްޖެ އެވެ.

"ރިސެޓް" ގެ ނަމުގައި ފަށާ ހަރަކާތް އިފުތިތާހު ކުރަން ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހެވެ. ނަމަވެސް އެ ހަރަކާތުގެ އިތުރު މައުލޫމާތެއް ޕީއެންއެފް އިން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން "ރައިޒް އަޕް" ގެ ނަމުގައި ވެސް ޔާމީން އިސްވެ ހުންނަވައި ވަނީ ސިޔާސީ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތްތައް އަމާޒުކޮށްފައި ވަނީ ޒުވާނުންނަށެވެ. އަދި "ވޭކް އަޕް" ގެ ނަމުގައި ވެސް ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ.

އޭގެ އިތުރުން، ޔާމީން އާއި ޕީއެންއެފް އިން ގެންދަނީ ކޮންމެ ހަފުތާއަކު ވެސް ގަވާއިދުން ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. ކޮންމެ ހަފުތާއަކު ކުރިއަށް ގެންދަނީ "ފްރަންޓު އޮފީސް" ގެ ނަމުގައި ބާއްވާ ހަރުގެ ޖަލްސާ އެވެ.

ޔާމީންއަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ޔާމީން އިސްތިއުފާ ދެއްވީ ވެރިކަން ބަދަލުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ޕީއެންއެފް އުފެއްދީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ޕާޓީ އުފެއްދެވުމަށްފަހު ޔާމީން ގެންދަވަނީ ސަރުކާރަށް ފާރަވެރި، ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރުން ވެސް ގެންދަނީ ޔާމީންއަށް އެކި ގޮތްގޮތުން ރައްދު ދެއްވަމުންނެވެ.

ޔާމީން މިނިވަން ކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ކުރާ ޖިނާއީ ދައުވާތައް ސަރުކާރުން އަދިވެސް އަނބުރާ ގެންގޮސްފައެއް ނުވެ އެވެ. ބައެއް ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދިވެސް އެބަ ކުރިއަށްދެ އެވެ.