Advertisement

ގައުމީ ބީޗްވޮލީބޯޅަ އަންހެން ޗެމްޕިއަން ޕެއާ އަކީ މާޖިދާ އާއި ހައްވަ

26 ނޮވެންބަރު 2024 - 19:38 0

އަތޫފް އާތިފް

އަތޫފް އާތިފް

ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހައްވަ އާއި މާޖީގެ ޕެއާ އިން މެޑަލް ހިފައިގެން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު


ގައުމީ ބީޗްވޮލީބޯޅަ އަންހެން ޗެމްޕިއަން ޕެއާ އަކީ މާޖިދާ އާއި ހައްވަ

26 ނޮވެންބަރު 2024 - 19:38 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށް ގެންދިޔަ ގައުމީ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖި) ގެ ޕެއާ އިން ހޯދައިފި އެވެ.

ރޭ ހުޅުމާލެ ޔޫތު ޕާކު ބީޗްވޮލީބޯލް ކޯޓުގައި ކުރިއަށްދިޔަ ފައިނަލުގައި ހައްވަ އާއި މާޖިގެ ޕެއާ ނުކުތީ ފާތިމަތު ޒީނިއާ އާއި އައިމިނަތު އަރީޝާ (އަރީ)ގެ ޕެއާ އާ ދެކޮޅަށެވެ. މި މެޗު މާޖި އާއި ހައްވަގެ ޕެއާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-18, 21-17 އަދި 15-12 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓުގެ ބޮޑުބައި ލީޑުގައި އޮވެގެން ކުޅުނީ ޒީނިއާ އާއި އަރީގެ ޕެއާ އެވެ. އެކަމަކު، ސެޓުގެ ފަހުކޮޅު ކައިރި ކައިރީ ހައްވަ އާއި މާޖިގެ ޕެއާ އަށް ހެދުނު ދެ ގޯހެއްގެ ފައިދާ ނަގާ މި ސެޓު ކާމިޔާބުކުރީ ޒީނިއާ އާއި އަރީގެ ޕެއާ އިންނެވެ.

އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ވެސް ހައްވަ އާއި މާޖިގެ ޕެއާ ފެނިގެންދިޔައީ ވަރުގަދަކޮށެވެ. އެގޮތުން މުހިންމު ވަގުތުތަކުގައި ހައްވަ އާއި މާޖިގެ ޕެއާ އިން ވަނީ ޕޮއިންޓް ސްކޯކޮށް ލީޑު ހިފަހައްޓައިފަ އެވެ. މި ދެ ސެޓު ދިޔައީ 21-17 އަދި 15-12 އިންނެވެ.

މީގެ އިތުރުން ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަރީ އާއި ޒީނިއާގެ ޕެއާ އިންނެވެ. ލީގުގެ ދެވަނަ އަށް ދިޔައީ ހައްވަ އާއި މާޖިގެ ޕެއާ އެވެ. ލީގު އަދި ގައުމީ މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ އަނާލް އާއި އަލްޔާގެ ޕެއާ އެވެ.