Advertisement

ފުރުގާން މިސްކިތަށް ރޭ ފަތިހު ގެއްލުންތަކެއް ދީފި

24 ނޮވެންބަރު 2024 - 09:37 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުރުގާން މިސްކިތަށް ދީފައި ހުރި ބައެއް ގެއްލުން -- ފޮޓޯ: ފޭސްބުކް


ފުރުގާން މިސްކިތަށް ރޭ ފަތިހު ގެއްލުންތަކެއް ދީފި

24 ނޮވެންބަރު 2024 - 09:37 0

މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ރޭ ފަތިހު ގެއްލުންތަކެއް ދީފި އެވެ.

ފުރުގާން މިސްކިތަށް ގެއްލުން ދީފައި ވަނީ ބަޔަކު ވެގެން ކަމެއް ނުވަތަ އެކަކު އެކަނި ކަމެއް ނޭނގެ އެވެ. ނަމަވެސް އެ މިސްކިތަށް ގެއްލުންދިން ކަން ފުލުހުން ވެސް ކަށަވަރު ކޮށްދިނެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަގޮތުން އެ މިސްކިތުގެ އިމާމު ނަމާދު ކުރާ ސަރަހައްދުގައި ހުރި ބައެއް ކަރަންޓު ބޯޑުތަކާއި ވުލޫ ކުރާ ސަރަހައްދުގައި ހުރި އިސްކޫރުތަކަށް ގެއްލުންދީފައި ހުރިކަން ފެނެ އެވެ.

އެ ވީޑިއޯތައް ހިއްސާ ކުރަމުން ދީނީ އިލްމުވެރިޔާ އާދަމް ނިޝާން ބުނީ އެކަން ކޮށްފައި ވަނީ މިސްކިތުގައި އަބަދުހެން ނިދާފައި އޮންނަ ޒުވާނެއް ކަމަށެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު މިސްކިތަށް އެ ޒުވާނާ ގެއްލުން ދީފައިވާ ކަމަށް ނިޝާން ތުހުމަތުކުރި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.