11 ނޮވެންބަރު 2025 - 10:17 0
އަހުމަދު އާއިދު
މާލޭގެ މިސްކިތެއް ކައިރި ދެ ފުލުހަކު ހުއްޓިލައިގެން: އައްޑޫ މިސްކިތަށް ގެއްލުން ދިނީ އިއްޔެ --- ފޮޓޯ: އަދަދު
11 ނޮވެންބަރު 2025 - 10:17 0
އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ގެ މިސްކިތެއްގައި ހުރި ބައެއް ތަކެއްޗަށްށާއި މިސްކިތަށް ގެއްލުން ދިން މައްސަލައެއް އިއްޔެ ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މިސްކިތުގައި ހުރި ނަމާދުކުރާ ގޮނޑިތަކާއި ފަންކާތައް އަދި އެހެނިހެން ތަކެއްޗަށް ވަނީ ގެއްލުންދީފަ އެވެ. އަދި މިސްކިތުގެ ތެރެއަށް އެ ތަކެތި އުކާލާފައި ހުރި ތަން ވެސް ފެނެ އެވެ.
މިސްކިތުގެ ކަރަންޓު ބޯޑަށް ވެސް ގެއްލުން ދީފައިވެ އެވެ. ގެއްލުން ދިނީ އެކަކު ކަމެއް ނުވަތަ ގްރޫޕަކުން ކަމެއް ސާފެއް ނޫނެނެވެ.
Comment