ގާނޫނީ މާހިރުން ވިދާޅުވަނީ ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ގާނޫނާ ހިލާފު ކަމަށް

18 ނޮވެންބަރު 2024 - 08:47 5

މުހައްމަދު ޝަހްޒާން

މ

ޑޮލަރު މާރު ކުރުމުގެ ގަވާއިދު ގާނޫނާ ހިލާފު ކަމަށް އެ ދާއިރާގެ މާހިރުން ބުނާޢިރު، ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ވިޔަފާރިވެރިން ވަނީ އެ ގަވާއިދަށް އަމަލު ނުކުރެވޭނެކަން އަންގާފައި -- އާޓްވޯކް: އިސްމާއިލް އިމްދާދު


ގާނޫނީ މާހިރުން ވިދާޅުވަނީ ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ގާނޫނާ ހިލާފު ކަމަށް

18 ނޮވެންބަރު 2024 - 08:47 5

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވައިިލި ބޭރު ފައިސާގެ ގަވާޢިދުގެ ދަށުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް މާރު ކުރަން މަޖުބޫރު ކުރުން ގާނޫނާ ހިލާފު ކަމަށް އެ ދާޢިރާގެ ގިނަ ބޭފުޅުން ވިދާޅުވާން ފަށައިފި އެވެ.

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލި ބޭރު ފައިސާގެ ގަވާއިދާ ގުޅޭގޮތުން ގާނޫނީ ވަކީލް، އަލީ ހުސެއިން އަދި ކުރީގެ މަޖިލިސް މެންބަރު، އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގަވާއިދަކީ ދުސްތޫރީ ގަވާއިދެއް ކަމަށެވެ.

"ޑޮލަރު މާރުކުރުން މަޖުބޫރުކޮށް މަރުކަޒީ ބޭންކުން އެކުލަވާލާފައިވާ ގަވާއިދަކީ ގާނޫނީ ގޮތުން ނުލިބޭ ބާރުތަކެއް އަމިއްލައަށް އަތަށް މަހާލައިގެން އެމްއެމްއޭގެ ގާނޫނާއި ޚިލާފަށް ހަދާފައިވާ ގައިރު ދުސްތޫރީ ގަވާއިދެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.

ޑޮލަރު މާރުކުރަން މަޖުބޫރު ކުރާ ގަވާއިދާ ގުޅޭގޮތުން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދުގެ ބައެއް މާއްދާތަކަށް ގެނައި ބަދަލުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން އެންގި ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ބޭރު ފައިސާގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އެމްއެމްއޭއިން ގެނައި ބަދަލުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް އެންގިދާނެ ކަމަކަށް ގަބޫލެއް ނުކުރަން، އެއީ ގާނޫނާއި ގަވާއިދާ ހިލާފު ނިންމުމެއް،" މުއިއްޒު ވިދާޅުވި އެވެ.

ޓޫރިސްޓު ފެސިލިޓީތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރު ކުރުން ގާނޫނާ ހިލާފު ކަމަށް، ގާނޫނީ ބޭފުޅުން ވިދާޅުވަމުންދާއިރު، ޓޫރިޒަމް ވިޔަފާރިވެރިން ވަނީ އެ ގަވާއިދަށް އަމަލު ނުކުރެވޭނެ ކަމަށް އެމްއެމްއޭއަށް އަންގައިފަ އެވެ.

އޭގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ޕަލްސް ކުންފުންޏާއި، އެމްޔޫ މުހައްމަދު އުމަރު މަނިކުގެ ޔުނިވާސަލް އަދި މުހައްމަދު މޫސާ (އުއްޗު)ގެ ރިސޯޓުތައް ހިމެނެ އެވެ. ނަމަވެސް އެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ރޭ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ނެތިން މި ގަވާއިދު ބަދަލުކުރާކަށް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް އަމަލުކުރުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ،" ޓޫރިޒަމް ވިޔަފާރިވެރިންނަށް ރައްދު ދެއްވައި ހަރުއަޑުން ރައީސް ވިދާޅުވި އެވެ.

އެ ކަމަކީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރާ ކަމެއް ކަމަށާއި އެކަމަށް ގާނޫނީ ގޮތުން ބާރު ދިނުމަށް މަޖިލިސް ތެރެއިން ފޮރެކްސް ގާނޫނެއް ވެސް ފާސް ކުރައްވާނެ ކަމަށް ރައީސް ރޭ ވިިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑޮލަރު މާރު ނުކުރެވޭ ކަމަށް ބުނެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިން އެމްއެމްއޭއަށް ސިޓީ ފޮނުއްވީ ސިޔާސީ ނުފޫޒެއްގައި ޖެހިގެން ކަމަށެވެ. އަދި، ރައްޔިތުންގެ ފަޅީގައި ނެތް ސިޔާސީ ވެރިންގެ ނުފޫޒުގައި ނުޖެހުމަށް ރައީސް ގޮވައިލެއްވި އެވެ.

ގުޅޭ ބައެއް ލިޔުންތައް

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ވޯލް

4 months ago

އެކޮޅު ކޮޅުން ކަންކަން ކުރީމަ ވާގޮތްމީ. ނެތް ޤާނޫނެއް ގަވާއިދެއްގެ ޒަރީޔާއިން ހަދައިގެން އެ ރަށްޔިތުންގެ މައްޗަށް ތަންފީޒު ކުރަން އުޅެނީ. ވިޔަފާރި ކުރާ އަމިއްލަ ފަރުދުންނަކީވެސް ރަައްޔިތުން. އެމީހުން ވިޔަފާރި ކުރަނީ ނަގަންޖެހޭ ހުއްދަ ނަގާ ދައްކަންޖެހޭ ފީ ދައްކައިގެން. އެމީހުން ވިޔަފާރި ކުރަނީ ޤާނޫނުގެ ތެރެއިން ނެގެން އޮތް އެންމެ ބޮޑު މަންފާއެއް ހޯދުމަށް. ރާއްޖޭގެ ޕޮރިން ކަރަންސީ ރިޒާވް މަތިކުރުމަކީ އަމިއްލަ ވިޔަފާރިތަކުގެ ޒިންމާއެއް ނޫން.

ޑިމޮކްރަސީ

4 months ago

ގަދަބާރުން ކަނތަކެއް ނުކުރެވޭނެ ރައްޔިތުންގެ ބާރު މާގަދަވާނެ އެކަން ހަދާންކުރަންޖެހޭ

ޙައްޤު ބަސް

4 months ago

ޤާނޫނީ ވަކީލުން ފޭބީ މަތިންތަ! ﷲ އެންގެވި ގޮތަށް ނުއުޅޭ މުނާފިޤު ވަކީލުން ގިނައީ. މިވަކީލުން ހީކުރަނީ މިމީހުންނަށް އެކަނި ކަމަށް ރަނގަޅު ގޮތް އެނގެނީ. ޢިސްލާމީ ޝަރީޢަތުގައި ކަންތަށް އޮންނަގޮތާއި ވަލިއްޔުލް އަމުރުގެ ވާޖިބުތަކާއި ބާރުތައް...ތިޔަ ރިސޯޓް ތަކަކީ ދެތިން މީހެއްގެ ތަރިކަ މިލްކެއްނޫން.. އެމީހުން ދިވެހި ރައްޔިތުންގެ މިލްކިއްޔާތުން މުޅި އުމުރު ބަނޑު އަޅާފި ދެން ޖެހޭނީ ރައްޔިތުން އެދޭގޮތަށް ޑޮލަރުވެސް މާރުކުރަން..

ޟފހ5

4 months ago

ގައިރު ދޫސްތޫރީ ވަނީ... ގައިރު ގަވާއިދު ވަނީ . . . ގައިރު ގާނޫނީ ވަނީ ކީއްވެޔޯ؟ ސާފުވާން ވަރަށް ބޭނުންވާ ސުވާލެއް މީ، ގާނޫނީ މީހުންގެ ފަރާތުން

އުނބު ބަންޑާރައިން

4 months ago

ކަލޭ މަސައްކަތް ކޮށްގެނ ލާރި ހޯދީމާ އުނބޭއަށް ބުނެވޭނެތަ މުސާރައިގެ ފަސް ޕަސެންޓް ބީއެމްލަގަ ނުނީ އެމްއައިބީގަ ބަހައްޓަން. ނޫނީ ކަލޭ ކާޑު ގަންނަން ޖެހޭނީ ޓިނޭގެ އަރަފާ ފިހާރައިންނޭ. އެހެން ކިޔާފަ ގާނޫނެއް ހެދިޔަސް އެއަށް ކަލޭ ހަމަ އަމަލު ކުރާނަން.