Advertisement

ޑޮލަރު މާރު ކުރުމުގެ ގަވާއިދަށް އަމަލުކުރުން މަޑުޖައްސައިލަން ޑިމޮކްރެޓްސްއިން ގޮވާލައިފި

15 ނޮވެންބަރު 2024 - 01:57 0

ލީވާން އަލީ ނާސިރު

ލ

Advertisement

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް: ޑޮލަރު މާރު ކުރުމުގެ ގަވާއިދަށް އަމަލުކުރުން މަޑުޖައްސައިލަން ޑެމްސްއިން ވަނީ ގޮވާލާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޑޮލަރު މާރު ކުރުމުގެ ގަވާއިދަށް އަމަލުކުރުން މަޑުޖައްސައިލަން ޑިމޮކްރެޓްސްއިން ގޮވާލައިފި

15 ނޮވެންބަރު 2024 - 01:57 0

Advertisement

Advertisement

ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކަށައަޅާފައިވާ ބޭރު ފައިސާއާބެހޭ ގަވާއިދަށް އަމަލު ކުރުން މަޑުޖައްސައިލަން ދަ ޑިމޮކްރެޓްސް (ޑެމްސް) އިން ރޭ ގޮވައިފި އެވެ.

ޑެމްސްއިން ނެރުުނު ނޫސް ބަޔާނެއްގައި ބުނީ ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި މިހާރު އޮތްގޮތަށް ޓޫރިޒަމް ވިޔަފާރި ހިނގާ ގޮތުގެ އާންމު ހަގީގަތަށް ރިއާޔަތްކުރުމެއް ނެތި އެއް އަދަދެއް ހުރިހާ ޓޫރިޒަމް އެސްޓެބްލިޝްމަންޓަކުން މާރުކޮށްގެން ބަޖެޓް އަދި މިޑްމާކެޓް ގިނަ ހޮޓާ، ރިޒޯޓް އަދި ގެސްޓްހައުސްތަކެއްގެ ވިޔަފާރި ހަލާކުވެ ބަންދުކުރަން ޖެހިދާނެ ކަމަށެވެ.

Advertisement

ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ އެތައް ހާސް މުވައްޒަފުންތަކެއްގެ މުސާރައަށް ނޭދެވޭ އަސަރުތަކެއްކޮށް އަދި އެތައް ބައެއްގެ ދިރިއުޅުން އޭގެ މައްޗަށް ބިނާވެފައިއޮތް ވަޒީފާތެކެއް ގެއްލި ހިނގައިދާނެކަމުގެ ބިރު ވެސް އޮތް ކަމަށް އެ ޕާޓީން ބުންޏެވެ.

ޑޮލަރު މާރުކުރެވެން ނެތް ކަމަށް ޕަލްސް ކުންފުނިން ވެސް އަންގައިފި

ޕަލްސް ގެ މެނޭޖިން ޑިރެކްޓަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު އެވެ. އެ ކުންފުނިން ރާއްޖޭގައި ޖުމްލަ ފަސް ރިސޯޓެއް ހިންގަ އެވެ. އެއީ ނޮޓިލަސް މޯލްޑިވްސް، ކަނޑިމަ މޯލްޑިވްސް، ނޯވާ މޯލްޑިވްސް އަދި އެވަލަން މޯލްޑިވްސް އެވެ.

"މިހާރުން މިހާރަށް މި ގަވާއިދަށް އަމަލުކުރުން މަޑުޖައްސާލައި، މި މައްސަލައިގައި އަމަލުކުރެވޭނެ ސަބަބުވެރި ހައްލުތަކެއް ހޯދުމަށް ޓޫރިޒަމް އެސްޓެބްލިޝްމަންޓްތައް ތަމްސީލުކުރާ ގައުމީ ޖަމިއްޔާތައްކަމަށްވާ މަޓީ އާއި، އެންއެޗްގޭމް އާއި މޯލްޑިވްސް ބޯޓިން އެސޯސިއޭޝަން ހިމެނޭނެހެން މި ދާއިރާގެ މަސްލަހަތުވެރިންނާއެކު ވީ އެންމެ އަވަހަކަށް މަޝްވަރާއަށް ދިއުމަށް މި ޕާޓީއިން ސަރުކާރަށް ގޮވާލަން،" ޑެމްސްއިން ބުންޏެވެ.

ޓޫރިޒަމް ވިޔަފާރީގެ އެއްވެސް މަސްލަހަތުވެރިއެއްގެ ހިޔާލެއް މަޝްވަރާއެއް ނެތި ސަރުކާރާއި މަރުކަޒީ ބޭންކުން އެކަށައަޅާފައިވާ ބޭރު ފައިސާއާ ބެހޭ ގަވާއިދު މިހާރު އޮތްގޮތުގެ ސަބަބުން އެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި، ދިވެހި ޓޫރިޒަމް ބްރޭންޑަށާއި އަދި ޖުމްލަ ގޮތެއްގައި މުޅި ރާއްޖެއަށް އެކަމުގެ ސަބަބުން ގެއްލުންވާނެތީ ޑެމްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭގެއިތުރުން ޑެމްސްއިން ބުނީ ދިވެހި ޓޫރިޒަމް ސިނާއަތުގެ ފައުންޑަރުންކަމަށްވާ ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި، ޗަންޕާ މުޙައްމަދު މޫސާ އާއި، އަދި މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މުހައްމަދު ހަލީލްގެ އިތުރުން ގިނަ ޓޫރިޒަމް ވިޔަފާރިއަކުން އެ ގަވާއިދަށް އަމަލު ކުރެވެން ނެތް ކަމަށް ހާމަކޮށްފައިވާކަން ޑެމްސްއިން ފާހަގަކުރި އެވެ.

ރިސޯޓު އޯނަރުންނަށް ރައީސްގެ ވަރުގަދަ ބަހުގެ ހަމަލާއެއް!

"ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!"

ދުނިޔޭގެ ނިސްބަތުންވެސް ޓޫރިޒަމް ދާއިރާގެ އެންމެ ތަޖުރިބާކާރު ބޭބޭފުޅުންގެ ގޮތުގައި ގުނޭ އެފަދަ ބޭފުޅުންނަށް އާޑަފުރައްސާރަކުރައްވާފަދަ މޭރުމަކުން ސަރުކާރުގެ އެކި ފެންވަރުގެ ވެރިންނާ އަދި ސީދާ ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ލިޔުއްވަމުން ގެންދިއުން ވެސް އެ ޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ. އެކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ހޯދުމާ ހިފެހެއްޓުމަށް ކުރިމަތިވާނެ ގިނަގުނަ ހުރަސްތަކާމެދު ކަންބޮޑުވުން ފާޅުކުރި އެވެ.