ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުސާރަ ސިވިލް ސާވަންޓުންނާ އެއްވަރު ނޫނީ އެއަށް ވުރެ ދަށް ކުރަން ޖެހޭ: ގަވަރުނަރު

14 ނޮވެންބަރު 2024 - 13:20 3

ސާއިފް ޝިޔާދު

ސ


ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުސާރަ ސިވިލް ސާވަންޓުންނާ އެއްވަރު ނޫނީ އެއަށް ވުރެ ދަށް ކުރަން ޖެހޭ: ގަވަރުނަރު

14 ނޮވެންބަރު 2024 - 13:20 3

ސަރުކާރުގެ ހިއްސާ އޮވެ ފައިސާ ދީގެން ހިންގަމުންދާ ކުންފުނިތަކުގައި މުވައްޒަފުންގެ މުސާރަ ސިވިލް ސާވަންޓުންގެ މުސާރައާ އެއްހަމަ ނުވަތަ އެއަށް ވުރެ ކުޑަ ކުރަން ޖެހޭ ކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން 2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއާ ބައްދަލުކޮށް މިއަދު ވަނީ މައުލޫމާތު ސާފުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެމްއެމްއޭއިން ބަޖެޓަށް އަރުވާ ލަފާ ހިއްސާކުރައްވަމުން ގިނަ ކަންތައްތަކެއް މުނައްވަރު ފާހަގަކުރެއްވި އެވެ.

އެގޮތުން, ސަރުކާރުން މިހާރު ވެސް ފައިސާ "ޕަމްޕު" ކޮށްގެން ހިންގާ ކުންފުނިތައް އެބަ ހުރި ކަމަށާއި އެ ތަންތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރަ މުރާޖާ ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ސަރުކާރުން އެ ބޭފުޅުންނަށް މުސާރަ ދޭ ކަމުގައިވާ ނަމަ އެ މުސާރައަކީ ސިވިލް ސާވަންޓުންގެ މުސާރައާ އެއްވަރު އެހެން ނޫނީ އެއަށް ވުރެ ވެސް ދަށް މުސާރައަކަށް ހަދަން ޖެހެނީ," މުނައްވަރު ވިދާޅުވި އެވެ.

އެ މުސާރަތައް މުރާޖާ ނުކޮށްފިނަމަ ސަރުކާރުން ބަޖެޓުގައި ހިމަނާފައިވާ މާލީ ރިފޯމުގެ ކަންކަން ރަނގަޅަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ކޮމިޓީގައި މުނައްވަރު ވިދާޅުވި އެވެ.

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އުޅޭ މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑެވެ.

މި އަހަރު ފުރަތަމަ ކުއާޓަރު (ޖެނުއަރީ-މާޗު) ނިމުނުއިރު ސަރުކާރުން ކުންފުނިތަކުގައި 33،284 މުވައްޒަފުން ތިބި ކަމަށް ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން ބޯޑުން ނެރުނު ރިޕޯޓުން އެނގެ އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ވިދުވަރު

4 months ago

ކުރަންވީ ކަމަކީ ސިޔާސީ މަގާމުތައް މަދުކުރުމާއި އެމީހުންގެ މުސާރަ ދައްކުރުން. ތަކެތީގެ އަގު އިންތިހާއަށް ޖައްސާލާފަ ދެން މިކިޔަނީ ވަޒީފާތަކުގަ އުޅޭ ފަރާތްތަކުގެ މުސާރަކުޑަ ކުރަން. އަމިއްލަ މީހާގެ މުސާރަކުޑަކުރަން ވެސް ޖެހޭ

ޒިޕް

4 months ago

މުއިޒް އައްޔަން ކުރައްވާފައި މިވާ ގަވަރުނަރަށް އައްސަރިބަހާއި ސާބަސް. މުސާރަ ކުޑަކުރާނެ ކަމެއްނެތް. އެއްކޮށް ކަނޑާލާ. ސަރުކާރުން މުސާރަދޭ ކޮންމެ މީހަކީ ފިރުއަޢުނުގެ ޒަމާނުގެ ގެންގުޅުނު އަޅެއް ކަމުގައި މިއަދުން ފެށިން ކަނޑައަޅާ. ޕްރޮބްލަމް ސޯލްވްޑް.

ބަރުޖޯރު

4 months ago

ކަލެޔާ ، ކަލޭގެ ސަރުކާރާ ، މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ކުރަން ފެންނަނީ ! ޙެޔޮ ނުވާނެ ބޮޑު ކުރުން އަވަސް ކުރޭ !