13 ނޮވެންބަރު 2024 - 12:11 0
މުހައްމަދު ޝަހްޒާން
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
13 ނޮވެންބަރު 2024 - 12:11 0
ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލު ކުރާ ހަމައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި އެމަނިފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމް ދީނާއި ގާނޫނުއަސާސީއާ ހިލާފު ނުވާހައި ހިނދަކު ކޮންމް ދިވެއްސަކަށް ވެސް އެމީހަކު ބޭނުން ކަމެއް ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.
"ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން، މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގަނޫނުއަސާސީ އާ ހިލާފު ނުވާހައި ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުގައި ކޮންމެ ދިވެއްސަކަށް ވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުން ކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެ،" ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ބިލެއް
ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލް ފާސްކޮށް ތަސްދީގު ކުރުމާއެކު، މިހާރު އޮތް ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލްގެ ގާނޫނު އުވި، އެ ދެ މުއައްސަސާ ވެސް އުވިގެންދާނެ އެވެ.

ރައީސް މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވައިލުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮމިޝަނެއް އުފެއްދުމަށް މަޖިލީހަށް ބިލެއް ހުށަހެޅުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ހަންނާން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން ހަތް މެންބަރުންގެ މައްޗަށް އާ ކޮމިޝަން އެކުލަވާލާއިރު، ހަތަރު މެންބަރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުވައިގެން މަޖިލީހުގެ ރުހުމާއެކު އެވެ. ތިން މެންބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ. ނަމަވެސް އެ އިންތިހާބުގައި ވޯޓު ލެވޭނީ އުފެއްދިތާ ފަސް އަހަރު ވެފައިވާ މީޑިއާތަކަށެވެ.
އެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާ ދިނުމަށް ބިލުގައި ހިމަނާފައިވެ އެވެ.
"މީޑިއާ ކޮމިޝަން ބިލު ހުށަހެޅީ ސަރުކާރުގެ މަކަރުވެރި ރޭވުމުން"
"އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމަށް ސަރުކާރުގެ ވިސްނުން ހުރިކަން ބަންޑާރަނައިބު ހާމަކޮށްފައި ވަނިކޮށް މި ބިލު އަމިއްލަ މެންބަރެއް ލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ވިސްނުން މަކަރުވެރި ރޭވުމެއްގެ ދަށުން ކަމަށް މި ޕާޓީން ދެކެމެވެ."

އަލަށް އުފައްދާ މީޑިއާ ކޮމިޝަނުން ހަދާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ނޫހާއި މަޖައްސާ ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައި ބަޔާން ކޮށްފައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް އެ ކޮމިޝަނަށް ދޭން ބިލުގައި ހިމަނާފައިވެ އެވެ.
ބްރޯޑްކާސްޓަރެއް ނަމަ ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ މިންވަރަކީ ވޭތުވެދިޔަ އަހަރުގެ އާމްދަނީގެ 10 ޕަސެންޓެވެ. އެއީ މިސާލަކަށް، އެއް މިލިއަން ރުފިޔާގެ އާމްދަނީއެއް ނަމަ 100،000ރ. އެވެ.
ބިލު އޮތް ގޮތުން، މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަންގައި ނުނިމި ހުރި މައްސަލަތައް ވެސް އާ ކޮމިޝަނަށް ބެލޭނެ އެވެ.
އެ ބިލާ ގުޅިގެން އިދިކޮޅު އެމްޑީޕީންނާއި ނޫސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment