އަހަރެން ޖަލަށް ލެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ޔާމީން

12 ނޮވެންބަރު 2024 - 02:36 4

އަޒްލިފާ އަބްދުﷲ

އ

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު ނޫސް


އަހަރެން ޖަލަށް ލެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ޔާމީން

12 ނޮވެންބަރު 2024 - 02:36 4

Advertisement

Advertisement

އެމަނިކުފާނު ޖަލަށް ލެވިދާނެ ކަމަށް މި ސަރުކާރުގެ ވެރިން ހީކުރެއްވުމަކީ އެ ބޭފުޅުން ކުރައްވާ ކުށްހީއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ދައުލަތުން ދައުވާ އުފުލާފައިވާ ދެ މައްސަލައިގައި ވެސް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެއްވާފައިވާ ބަޔާނަށް ބާރު ދޭ އިތުރު އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

Advertisement

އެހެންވެ، ފަނޑިޔާރުން ގޯހެއް ނުހަދާ ނަމަ، ރައީސުލްޖުމްހޫރިއްޔާ ބޭނުން ވިޔަސް އެ މަނިކުފާނު ޖަލަށް ލެވޭނެ ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑު ޖަލުގައި ބާއްވަން ބޭނުންވަނީ ރައީސް މުއިއްޒު: ޔާމިން

"ރައީސް ވިދާޅުވީ އެމްޑީޕީން ކުރި މަސައްކަތުން ރައީސް ޔާމީނުގެ ޝަރީއަތް މާދަމާ އެބަ ބޭއްވެއޭ. ދެން ރައީސް ޔާމީން މިނިވަންވުމަކީ ތިމަންނަގެ އުންމީދޭ. އެކަމަކު މި އަންނަނީ އެކަމަކު ބަނޑު ތެރޭގައި އޮތް މާނަ ދެން މި އަންނަނީ ޅެންވެރިއެއް ވެއްޖެއްޔާ، ޔާމީން ވިދާޅުވި އެވެ.

އަޅުގަނޑު ޖަލުގައި ބާއްވަން ބޭނުންވަނީ ރައީސް މުއިއްޒު: ޔާމިން

"ރައީސް ވިދާޅުވީ އެމްޑީޕީން ކުރި މަސައްކަތުން ރައީސް ޔާމީނުގެ ޝަރީއަތް މާދަމާ އެބަ ބޭއްވެއޭ. ދެން ރައީސް ޔާމީން މިނިވަންވުމަކީ ތިމަންނަގެ އުންމީދޭ. އެކަމަކު މި އަންނަނީ އެކަމަކު ބަނޑު ތެރޭގައި އޮތް މާނަ ދެން މި އަންނަނީ ޅެންވެރިއެއް ވެއްޖެއްޔާ، ޔާމީން ވިދާޅުވި އެވެ.

"ރައީސް ޔާމީން ޖަލަށް ލެވިދާނެ ކަމަށް ހީކުރާ ހީކުރުމަކީ ހަމަ ކުށް ހީއެއް. އެއީ ރައީސުލްޖުމްހޫރިއްޔާ އަންގައިގެން އަދި އެކަން ވެދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން އިނގޭތޯ،" 2013-2018 އަށް ވެރިކަން ކުރެއްވި ޔާމީން ވިދާޅުވި އެވެ.

Advertisement

"އެއަށް ވުރެ ބޮޑަށް އަޅުގަނޑުގެ އިތުބާރު އޮވޭ އިސްތިއުނާފު ކޯޓުތަކުގެ ފަނޑިޔާރުންނަށް. އިސްތިއުނާފު ކޯޓުތަކުގެ ފަނޑިޔާރުން ގޯސް ހައްދަވައިފި ކަމަށް ވަންޏާ އެކަން ވެދާނެ. އެހެން ނޫނީ އެކަން ވާނެ ގޮތަކީ ނެތް ގޮތެއް. އެއީކީ ވާނެ ކަމެއް ނޫން."

ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި، ރިސޯޓު ތަރައްގީކުރަން އެމްއެމްޕީއާރުސީ މެދުވެރިކޮށް ވިއްކާފައިވާ ދެ ރަށް ކަމުގައިވާ ވ. އާރަށް، އަދި ރ. ފުއްގިރީގެ މުއާމަލާތުގައި ހިންގި ކަމަށް ތުހުމަތު ކުރާ ހިޔާނާތުގެ މައްސަލަ އެވެ.

ވ. އާރަށުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022، ގައި އިއްވި އެވެ.

އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުނީ އެ ހުކުމް ދެމިއޮތުމުންނެވެ.

ނަމަވެސް، އޭޕްރީލް 18، 2024 ގައި ހައިކޯޓުން އެ ކުމް ބާތިލުކޮށް، އަލުން މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް އެންގުމާއެކު ޔާމީން މިނިވަންވި އެވެ.

ޔާމީން ޖަލަށް ލުމަށް ކުރީ ހަރާމް ހުކުމެއް ކަމަށް، މި ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ވިދާޅުވަމުން ދިޔަ އެވެ.

ނަމަވެސް މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ބައެއް ވެރިންނަށް ޔާމީންގެ ވެރިކަން ވަނީ ގޯސްވެފަ އެވެ.

ޝަރީއަތަށް ނުފޫޒު ފޯރުވި މި ސަރުކާރުގެ ވެރިން އެނގޭ: ޔާމީން

ޕީއެންސީ/ޕީޕީއެމްގެ ލީޑަރަކަށް ކުރިން ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް މިހާރު އެ އިއްތިހާދުގެ ސަރުކާރުގައި އިސްކޮށް ހުންނެވި ބޭފުޅުންގެ ތެރެއިން ނުފޫޒު ފޯރުވި ބޭފުޅުންގެ "ފުލް ލިސްޓު" އެބަ އޮތް ކަމަށް ޔާމީން ރޭ ވިދާޅުވެއްޖެ

ޝަރީއަތަށް ނުފޫޒު ފޯރުވި މި ސަރުކާރުގެ ވެރިން އެނގޭ: ޔާމީން

ޕީއެންސީ/ޕީޕީއެމްގެ ލީޑަރަކަށް ކުރިން ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް މިހާރު އެ އިއްތިހާދުގެ ސަރުކާރުގައި އިސްކޮށް ހުންނެވި ބޭފުޅުންގެ ތެރެއިން ނުފޫޒު ފޯރުވި ބޭފުޅުންގެ "ފުލް ލިސްޓު" އެބަ އޮތް ކަމަށް ޔާމީން ރޭ ވިދާޅުވެއްޖެ

އާރަށުގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދިޔައިރު މި ސަރުކާރުގެ ވެރިން ނުފޫޒު ފޯރުވި ކަމަށް ޔާމީން ތުހުމަތު ކުރައްވާފައިވެ އެވެ.

ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ދެ މައްސަލަ ކޯޓުގައި އޮތްއިރު، 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

Advertisement

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޒުއިއްމު

5 months ago

ޢެކަމަކުވާދޯ! ފުއްގިރާފަ އަތްދޮވުނަކަސް އަދި އެ ހެކިނައްތާލެވުނީކީ ނޫނޭ.

ޖަޑާ

5 months ago

ޖަލަށް ލާންޖެހިއްޖެއްޔާ ކޮންމެމީހަކުވެސް ޖަލަށް ލާނެ. ގަދަބަސް ބުނޭނެކަމެއްނެތް. މާ ރަނގަޅުމީހަކަށްވާން އުޅެނީތަ؟

މުލޭ

5 months ago

މަނިކުފާނުގެ މައްޗަށް ކުށެއް ސާބިތުނުވުމަކީ ކުށެއް ނުކުރާ ކަމަަށް އަހަރެމެން ގަބޫލުކުރާނެ ޙުއްޖަތެއްނޫން. އެއަަށްވުރެ ފާޅުކަން ބޮޑުކޮށް މަނިކުފާނުގެ ފުދުންތެރިކަން ތިޔަހުރީ. މަގާމަށް އައިއިރު އެކައުންޓުގައި އެކައްޗެއްވެސް ނެތް. މަގާމުގެ ފަހު އަހަރުތަކަށް އައިއިރު އެކައުންޓުތައް ފުރި ބަންޑުންވެފައި. މާލޭގައި އަމިއްލަ މީހަކު ނުކުރާވަރުގެ އުސް އިމާރާތެއް ނިމިފައި ތިޔަހުރީ. ހަލާލު ފައިސާނޫންކަން މީހުންނަށް ކަށަވަރުވާވަރަށް ކަންކަން ހުރީ ފެންމަތިވެފައ

އޭބާ

5 months ago

ރައީސް ޔާމީން އަކީ ވެރިކަމައް އައުމުގެ ކުރިންވެސް މުއްސަންޖެއް ހަޖަމު ނުކުރެވޭ މީހުން ފުރައްސާރަ ކުރާނެ