ލ. ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން އެމްއެންޔޫއާ ހަވާލުކޮށްފި

9 ނޮވެންބަރު 2024 - 15:09 2

ލީވާން އަލީ ނާސިރު

ލ

ލ. ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން އެމްއެންޔޫއާ ހަވާލު ކުރުން -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ


ލ. ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން އެމްއެންޔޫއާ ހަވާލުކޮށްފި

9 ނޮވެންބަރު 2024 - 15:09 2

ލ. ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން ޓޫރިޒަމް މިނިސްޓްރީން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ މިއަދު ހަވާލުކޮށްފި އެވެ.

އެމްއެންޔޫގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ މަޝްރޫއުގެ ދަށުން ޓޫރިޒަމްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދެވޭނެ ކަމަށެވެ.

"މިކަމަކީ ވަރަށް މުހިންމު ކަމެއް. ހާއްސަކޮށް ޓްރެއިނިން ސްކޫލް އެޅިގެން މިދަނީ ލ. އަތޮޅުގައި. އެއީ ތަންކޮޅެއް މާލެއާ ދުރުގައި. އަޅުގަނޑަށް ގަބޫލު ކުރެވެނީ މިވެސް ރަނގަޅު ކަމެއް. އެއީ ކިޔަވާ ކުދިން އާންމުކޮށް އުޅޭ މާހައުލަށްވުރެ ދުރަށް ގޮސް އެކަމުގެ އިލްމު ހޯދުން،" ފައިސަލް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެމްއެންޔޫއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅިމެންދޫގައި ތަރައްގީ ކުރެވިގެންދާނީ ފަސްތަރީގެ ރިސޯޓެއް ކަމަށާއި އެތަނުގައި ފެންވަރު ރަނގަޅު ހޮޓެލް ޓްރެއިނިން ސްކޫލެއް ވެސް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

މުސްތަގުބަލުގައި ހުޅިމެންދޫ ވެގެންދާނީ ހޮޓެލް މެނޭޖްމަންޓްގެ ދާއިރާއިން އިންޓާންޝިޕްގެ އިތުރުން ޕްރޮފެޝަނަލުންތައް އުފައްދާ ތަނަކަށް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ދުންބޯ އައިސާނިކެ

6 months ago

ކާކު ތިތަނަށް ފަނޑު ކުރަނީ ކާކު އޮޕަރޭޓް ކުރަނީ. މަލްޝާ ޖީއެމްއަކަށް ޝިއުނާ އާރްއެމްއަކަށް ބޯފަން ހެޑް ޝެފަކަށް ލައިގެން ހިންގަން ގަސްތުކުރަނީ.

ހިމާރުލްގައުމު

6 months ago

ހަމަ ސުރުޙީއެއް އަޅާލީ. ކާކު އިންވެސްޓު ކުރަނީ ކޮން ބަޖަޓެއްގަ ޖަހާފަ އޮތީ؟ އެހެންނޫނަސް ހަމައެކަނި އެމްއޯޔޫއެއް ދޮތަ؟