Advertisement

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަނީ

about 5 hours 0


އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަނީ

about 5 hours 0

އޮސްޓްރޭލިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވެއްޖެ އެވެ.

"ސޯޝަލް މީޑިއާ އިން އަހަރެމެންގެ ދަރިންނަށް ދަނީ ގެއްލުން ލިބެމުން. އެހެންވެ އެކަން މަނާކުރަން މިގޮވާލަނީ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލްބަނީޒް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގާނޫނުތައް ގާނޫނު ހަދާ މަޖިލީހަށް މި އަހަރު ހުށަހަޅާނެ ކަމަށާއި، އެ ގާނޫނުތަކަށް އަމަލުކުރަން ފަށާނީ ފާސްކޮށް، ތަސްދީގުކުރާތާ 12 މަސް ދުވަސް ފަހުން ކަމަށް އަލްބާނީޒް ވިދާޅިވި އެވެ.

ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ އުމުރުފުރައެއް އޮސްޓްރޭލިއާގައި ގާނޫނުން ކަނޑައަޅާއިރު، ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކަކަމަށް އެކަން ކަށަވަރުކުރަން ޖެހޭނެ އެވެ. އެ އުނދަގޫ މައިންބަފައިންނަށް އުފުލަން ނުޖެހޭނެ ކަމަށާއި، އަދަބެއް ވެސް މައިން ބަފައިންނަށް ނޯންނާނެ ކަމަށް އަލްބާނީޒް ވިދާޅުވި އެވެ.

މި ބަދަލު ގެންނަން އޮސްޓްރޭލިއާގެ އިދިކޮޅު ޕާޓީން ވެސް ތާއިދު ކުރެ އެވެ. ނަމަވެސް މިއީ ތަންފީޒު ކުރެވިދާނެ ސިޔާސަތެއްތޯ ސުވާލު އުފެދެ އެވެ.