Advertisement

މުއިއްޒުގެ މާފަންނު ބައްދަލުވުން: ވާނުވާ ބަންދާމެދު އާންމު މީހެއްގެ ޖަޒުބާތީ ޝުއޫރުތައް އޮއްސާލައިފި

about 11 hours 0

ވާނުވާ ބަންދާމެދު ކަންބޮޑުވުން ފާޅުކުރި ޒުވާނާ:


މުއިއްޒުގެ މާފަންނު ބައްދަލުވުން: ވާނުވާ ބަންދާމެދު އާންމު މީހެއްގެ ޖަޒުބާތީ ޝުއޫރުތައް އޮއްސާލައިފި

about 11 hours 0

ކުށުގައި ތުހުމަތުގައި ހައްޔަރު ކުރާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރާ މައްސަލައިގައި، ޒުވާނެއްގެ ޖަޒުބާތީ ޝުއޫރުތައް ރައީސް މުހައްމަދު މުއިއްޒު ބާއްވަވާ އަވަށު ބައްދަލުވުމެއްގައި އޮއްސާލައިފި އެވެ.

ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދާ މާފަންނު ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ ޒުވާނާ އެންމެ ބޮޑަށް ފާހަގަ ކުރި މައްސަލައަކީ، ވާނުވާ ބަންދު އުވާލަން މުއިއްޒު ވީ ވައުދުތައް ނުފުއްދާ މައްސަލަ އާއި ކުރިއަށް ވުރެ ވެސް ގިނައިން މީހުންނަށް ވާނުވާ ބަންދު ޖަހާ މައްސަލަ އެވެ.

"އަޅުގަނޑު މިތަނުގައި މި ހުއްޓުނީ ޖައްބާރުވަންތް ﷲ އަށް ބިރުވެތިވެ، ރައީސް ކުރެއްވި ވައުދުތައް ފުއްދުމަށް ހަނދާންކޮށްދެމުން. ކޮބާތޯ ވާނުވާ ބަންދުން އުވާލަން ވީ ވައުދު؟ ވެރިކަމަށް 100 ދުވަސް ތެރޭގައި ވާނުވާ ބަންދު އުވާލާނަމޭ ބުނެ މި ވައުދު ދެ އަހަރު ވީއިރު ވެސް އޮތްތަނުގައި އޮތީ،" އޭނާ ބުންޏެވެ.

މުއިއްޒުގެ ސަރުކާރު، އެ ޒުވާނާ ސިފަ ކުރީ ވާނުވާ ސަރުކާރެއްގެ ގޮތުގަ އެވެ. އަދި ފާހަގަ ކުރީ، ދެ އަހަރު ތެރޭގައި ކުރިއަށް ވުރެ ގިނަ ވާނުވާ ބަންދުގައި ޖަހައިގެން "ރިކޯޑެއް" ހެދި ކަމެވެ.

"ވާނުވާ ބަންދު ޖެހުމުގެ ރިކޯޑެއް ތިޔަ ހެއްދެވީ ދެ އަހަރު ތެރޭގައި އެންމެ ގިނަ ވާނުވާ ޖެހި ވެރިކަމަށް ވެގެން. މިއީތޯ ދިވެހިންގެ ރާއްޖެއަކީ؟ މިއީ ވާނުވާ ރާއްޖެއެއް ނޫންތޯ؟ ރައީސްގެ އިހުމާލުން ފުރާނައެއް ވަނީ މިހާރު ވެސް ދުނިޔެ ދޫކޮށް ގޮސްފަ. ﷲ ސުބްހާނަހޫ ވަތައާލާ ޖަމީލްބެގެ ފުރާނައަށް ނިއުމަތް ލައްވާށި،" އޭނާ ބުންޏެވެ.

ވާހަކަ ނިންމައިލަމުން އެ ޒުވާނާ މުއިއްޒަށް ނަސޭހަތްތެރިވީ ﷲ އަށް ބިރުވެތިވެ ނިފާގުކަމުން ސަލާމަތްވުމަށެވެ.

"މިއަދު ރައީސް އާއި ފުލުހުންނާއި މިނިސްޓަރުންނަށް ސަލާމަތްވެވިދާނެ. އެހެނަސް ﷲ ސުބްހާނަހޫ ވަތައާލާއަށް ދެއްކޭނެ އުޒުރެއް ނޯންނާނެ،" އޭނާ ބުންޏެވެ. "ވާނުވާގައި އޮތީ މި ސަރުކާރު. އަޅުގަނޑު ރައީސް މުއިއްޒުއަށް ގޮވާލަން ﷲ އަށް ބިރުވެތިވެ، ވައުދު ފުއްދައި، ނިފާގުކަމުން ސަލާމަތްވުމަށް."

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި އަހަރު ހާމަކޮށްފައިވާ ގޮތުގައި ވާނުވާ ބަންދުގައި 417 މީހަކު އެބަ ތިއްބެވެ. ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރަން ގޮވާލާ އަޑުތައް މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރަން އދ. އިން ވެސް ވަނީ ރާއްޖެއަށް ގޮވާލައިފަ އެވެ.