about 11 hours 0
މުހައްމަދު ޝަހްޒާން
އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު: މިވަގުތު ނަތީޖާ ދައްކާގޮތުން ޓްރަމްޕު ވަނީ 277 އިލެކްޓޯރަލް ކޮލެޖު ހޯދައިފަ -- ފޮޓޯ: ރުއިޓާސް
about 11 hours 0
މިއަދު އޮތް ރިޔާސީ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށް އެމެރިކާގެ 47 ވަނަ ރައީސްއަކަށް ޑޮނަލްޑު ޓްރަމްޕު އިންތިހާބުވެއްޖެ އެވެ.
މި ވަގުތު ނަތީޖާ ދައްކާގޮތުން ޓްރަމްޕު ވަނީ 277 އިލެކްޓޯރަލް ކޮލެޖު ހޯދައިފަ އެވެ. ކަމަލާ ހެރިސްއަށް ހޯދިފައި ވަނީ 224 އިލެކްޓޯރަލް ކޮލެޖެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖު ހޯދަން ޖެހެ އެވެ.
މިއީ އެމެރިކާގެ ތާރީހުގައި ވެސް ޖެހިޖެހިގެން ނޫން ގޮތަކަށް އެމެރިކާގެ ވެރިކަން ކުރިން ކުރި ރައީސްއަކު ވެރިކަމަށް ހޮވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމުގެ ވެރިކަން ޖެހިޖެހިގެން ނޫން ގޮތަކަށް ކޮށްފައި ވަނީ ގްރޫވް ކްލެވްލޭންޑު އެކަންޏެވެ.
މި ނަތީޖާއާއެކު 78 އަހަރުގެ ޓްރަމްޕު ވެގެން ދާނީ އެމެރިކާގެ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރި އެންމެ އުމުރުން ދޮށީ މީހާއަށެވެ. އަދި އޭނާގެ ނައިބު ރައީސް، އޯހައިއޯ ސެން 40، ވެގެން ދާނީ 1980 ގެ ފަހުން އުފަންވި މީހުންގެ ތެރެއިން އެމެރިކާގެ އެންމެ މަތީ މަގާމެއް ފުރާ ފުރަތަމަ މީހާއަށެވެ.
އެއް ދައުރުގެ މެދުކެނޑުމަކަށްފަހު ޓްރަމްޕު އަލުން އެމެރިކާގެ ވެރިކަމަށް އިންތިހާބުފައި މިވަނީ ވާދަވެރި ކެމްޕޭނަކަށްފަހު އެވެ. އެގޮތުން ޓްރަމްޕު ވަނީ އޭނާގެ ވާދަވެރިޔާ، ކަމަލާ ހެރިސްއަށް އަންހެނުންނާ ދެކޮޅު އަދި ނަސްލީ ތަފާތު ކުރާ ބަހުރުވައިން ގިނަ ބަހުގެ ހަމަލާތަކެއް ދީފަ އެވެ.
އޭގެ އިތުރުން ކަމަލާ ހެރިސްއަށް ވެރިކަން ލިބިއްޖެ ނަމަ އެ ގައުމަށް ބޭރުން ހިޖުރަ ކުރާ މީހުންގެ އަތްމައްޗަށް ގައުމު ހިނގައިދާނެ ކަމަށް ބުނެ ބޮޑު ބިރުވެރިކަމެއް ވެސް ޓްރަމްޕު އުފެއްދި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ކުރިއަށްދިޔަ ދުވަސްވަރު ޓްރަމްޕުގެ ފުރާނަ ދުއްވައިލުމަށް ދެފަހަރަކު މަސައްކަތް ވެސް ކުރި އެވެ. އޭގެން އެއްފަހަރު އޭނާގެ ކަންފަތަށް ވަޒަން ވެސް އެރި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment