ހުއްދަ ނުހޯދައި އަފްގާނިސްތާނު އެމްބެސަޑަރާ ތޯހާ ބައްދަލު ކުރުމުން ފިޔަވަޅު އަޅައިފި

3 ނޮވެންބަރު 2024 - 09:42 3

އަފްގާނިސްތާނުގެ އެބްމެސަޑަރާއެކު ތޯހާ ހުކުރު ދުވަހު: ހާރިޖީ އޮފީހުން ބުނީ އެ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް -- ފޮޓޯ: އަފްގާނިސްތާނު އެމްބެސެޑަރު


ހުއްދަ ނުހޯދައި އަފްގާނިސްތާނު އެމްބެސަޑަރާ ތޯހާ ބައްދަލު ކުރުމުން ފިޔަވަޅު އަޅައިފި

3 ނޮވެންބަރު 2024 - 09:42 3

އަފްގާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރާ، ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ދިވެހި ސަފީރު މުހައްމަދު ތޯހާ ބައްދަލު ކުރެއްވުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށް އޭނާއަށް ފިޔަވަޅު އަޅައިފި އެވެ.

އަފްގާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުގެ ސަރުކާރު ތަމްސީލު ކުރާ އެކްޓިން އެމްބެސަޑަރު ސަރްދާރް އަހުމަދު ޝަކީބު އާއި ތޯހާ އިސްލާމްއާބާދުގައި ބައްދަލު ކުރެއްވީ މިދިޔަ ހުކުރު ދުވަހެވެ. ނަމަވެސް ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމަށް ތޯހާ ވަޑައިގެންނެވީ ސަރުކާރުގެ ހުއްދަ ހޯދުމެއް ނެތި ކަމަށެވެ.

"ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަފްގާނިސްތާނުގެ ފަރާތުން ޕާކިސްތާނުގައި ހުންނަވާ މަންދޫބާ އެކު ބޭއްވި ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމުގައި ދަންނަވަން. އަދި މި ކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު ވަނީ އަޅާފަ،" ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ.

އަފްގާނިސްތާނާއެކު މާޗް، 2006، ވަނަ އަހަރު ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި ނަމަވެސް އެ ގައުމުގައި މިވަގުތު ވެރިކަން ކުރާ ތާލިބާނުގެ ސަރުކާރުން، ދިވެހި ސަރުކާރުން ބަލައެއްނުގަނެ އެވެ. އެކަން މިއަދު ފޮރިން މިނިސްޓްރީން ވެސް ކަށަވަރުކޮށްދިނެވެ.

"ދިވެހިރާއްޖެއިން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އދ. އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުސޫލުތަކަށް. އަދި މި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އދ. ގައި އަފްގާނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްގާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމުގައި ދެންނެވިން،" ހާރިޖީ އޮފީހުން ބުންޏެވެ.

ހުކުރު ދުވަހުގެ ބައްދަލުވުމަށްފަހު، އަފްގާނިސްތާނުގެ އެމްބެސަޑަރުގެ އޮފީހުން ބުނީ ރާއްޖެ އާއި އަފްގާނިސްތާނާ ދެމެދު ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ގުޅުން އެކުލަވާލުމަށް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ. އަފްގާނިސްތާނު މެދުވެރިކޮށް ސެންޓްރަލް އޭޝިޔާގެ އެހެން ގައުމުތަކާ ރާއްޖެއިން ވިޔަފާރި ކުރެވޭނެ މަގު ފަހި ކުރުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އަފްގާނިސްތާނުގެ އެމްބަސީން ބުނެ އެވެ.

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން


މާމިނގިލީ ޒާހިރު

5 months ago

ޠާލިބާނުންގެ ހަރުކަށި ވިސްނުން މިރާއްޖޭގަ ފަތުރަން ކެޑިނޭޅި މަސައްކަތް ކުރަމުން ގެންދިޔަ ބަޔަކަށް ވެރިކަން ލިބުނީމަ މިހެންވާނެ. ރައީސް މުޢިއްޒު މިކަންތަކާ ދޭތެރޭ ވިސްނަވާނެ ކަމަށް އުއްމީދު ކުރަން.

ޙަސަނު

5 months ago

ބޮޑު ޖޯކަކަށް މިސަރުކާރު ވެއްޖެ. އަތައްގޮވީމާ އެވަނީ ބަގާވާތަކަށް

ޖުހާ

5 months ago

މިއޮތީ ބޮޑުބޭބެ ކަރުގައި ހިފާފަ