1 ނޮވެންބަރު 2024 - 18:55 1
މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އެކުލަވާލުމަށް ވެސް މަޝްވަރާ ކުރި -- ފޮޓޯ: އަފްގާނިސްތާނު އެމްބަސީ
1 ނޮވެންބަރު 2024 - 18:55 1
އަފްގާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރާ، ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ތޯހާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ދޭތެރޭގައި ގުޅުން ބަދަހި ކުރަން މިއަދު މަޝްވަރާކޮށްފި އެވެ.
އަފްގާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފަ ހުންނަ އެކްޓިން އެމްބެސަޑަރު ސަރްދާރް އަހުމަދު ޝަކީބުގެ އޮފީހުން ބުނީ، ރާއްޖެ އާއި އަފްގާނިސްތާނާ ދެމެދު ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ގުޅުން އެކުލަވާލުމަށް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ.
އަފްގާނިސްތާނު މެދުވެރިކޮށް ސެންޓްރަލް އޭޝިޔާގެ އެހެން ގައުމުތަކާ ރާއްޖެއިން ވިޔަފާރި ކުރެވޭނެ މަގު ފަހި ކުރުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އަފްގާނިސްތާނުގެ އެމްބަސީން ބުނެ އެވެ.
އަފްގާނިސްތާނުގައި އެ ގައުމުން ހިންގާ ވެރިކަމެއް އޮތުމަށް ތާއީދު ކުރާ ކަމަށް މީގެ ކުރިން ޑިސެމްބަރު، 2018، ގައި ރާއްޖެ އިން ވަނީ ބުނެފަ އެވެ. ތާލިބާނުގެ ސަރުކާރެއް އަފްގާނިސްތާނުގައި ގާއިމު ކުރީ އޯގަސްޓު، 2021، ގަ އެވެ.
ރާއްޖެއިން އަފްގާނިސްތާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރީ މާޗް، 2006، ގަ އެވެ.
25.00%
0.00%
75.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އިސްމާލު2.0
5 months ago
މުރައްކަބުޖާހިލު.
Comment