Advertisement

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ޕާސްޕޯޓް ހިފަހައްޓައިފި

29 އޮކްޓޯބަރު 2024 - 15:29 2

ލީވާން އަލީ ނާސިރު

ލ

Advertisement

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދު: ބަލަމުންދާ މައްސަލައަކާ ގުޅިގެން ސައީދުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި -- ފޮޓޯ؛ އަދަދު ފައިލް


ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ޕާސްޕޯޓް ހިފަހައްޓައިފި

29 އޮކްޓޯބަރު 2024 - 15:29 2

Advertisement

Advertisement

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ "އަދަދު" އަށް ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ސައީދުގެ ޕާސްޕޯޓް ހިފެހެއްޓީ އޮކްޓޯބަރު 9، ގައި ކަމަށެވެ.

Advertisement

ނަމަވެސް ސައީދުގެ ޕާސްޕޯޓް ހިފެހެއްޓީ އޭސީސީއިން ބަލަމުންދާ ކޮން މައްސަލައެއްގައި ކަމެއް އެ ކޮމިޝަނުން ސާފުކޮށްދީފައެއް ނުވެ އެވެ.

އޭސީސީން ކުރިން ބުނީ ފެނަކައާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލަމުންދާ ކަމަށާއި އޭގެ ތެރޭގައި ސައީދުއާ ގުޅޭ ހަ މައްސަލައެއް ވެސް ބަލަމުންދާ ކަމަށެވެ. އެ މައްސަލަތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ފެނަކައިގައި އެއްވެސް ހިޔާނާތުގެ ކަމެއް ހިންގާފައި ނުވާނެ ކަމަށް ސައީދު މީގެ ކުރިން ތަކުރާރުކޮށް އެކި ޕްލެޓްފޯމްތަކުގައި ވަނީ ވިދާޅުވެފަ އެވެ.

Advertisement

ފެނަކައިގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކުރީ ސަރުކާރުގައި 13 ކަމެއް އިސްލާހު ކުރަން އެންގުމުން އެކަންތައް ދިން މުއްދަތު ތެރޭގައި އޭރު ރަނގަޅު ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޞައްދާމު

5 months ago

އަލްޙަމްދުލިﷲ

މުހަންމަދު

5 months ago

ހައިވަކަރު އޮޑި ނަންވާ އުސޫލުން ނަން މިވަނީ ސަޢީދު، އެކަމަކު ހައްތާވެސް މިއުޅެނީ ސަޢީދު.