Advertisement

ނޮޅިވަރަންފަރުން އިއުލާނު ކުރި 100 ހައުސިން ޔުނިޓު ލިބޭ މީހުންގެ ލިސްޓު ބާތިލު ކުރަން އަންގައިފި

24 އޮކްޓޯބަރު 2024 - 10:32 0

ލީވާން އަލީ ނާސިރު

ލ

Advertisement

ނޮޅިވަރަންފަރުގައި ތަރައްގީ ކޮށްފައިވާ ހައުސިން ޔުނިޓްތައް: 100 ހައުސިން ޔުނިޓްގެ ލިސްޓު ބާތިލްކޮށް އަލުން ހުޅުވާލަން އެޗްއާރްސީއެމްއިން ވަނީ އަންގާފައި -- ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް


ނޮޅިވަރަންފަރުން އިއުލާނު ކުރި 100 ހައުސިން ޔުނިޓު ލިބޭ މީހުންގެ ލިސްޓު ބާތިލު ކުރަން އަންގައިފި

24 އޮކްޓޯބަރު 2024 - 10:32 0

Advertisement

Advertisement

ހދ. ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓު ދިނުމަށް މިހާރު އިއުލާން ކޮށްފައިވާ ވަގުތީ ލިސްޓު ބާތިލު ކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އަންގައިފި އެވެ.

ހައުސިން ޔުނިޓުތައް ދޭ ލިސްޓު ބާތިލު ކުރަން އެޗްއާރްސީއެމްއިން އެންގީ އެ ރަށުގެ ބަޔަކު ހުށަހެޅި ޕެޓިޝަނެއްގެ މައްސަލަ ބެލުމަށްފަހު އެވެ.

Advertisement

ހައުސިން ޔުނިޓު ދޫކުރަން ކަނޑައެޅި އުސޫލު އެކުލަވާލާފައި އޮތް ގޮތުގެ ސަބަބުން، ހައުސިން ޔުނިޓްތައް ދީފި ނަމަ އެ ހައުސިން ޔުނިޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ގެއްލިގެންދިޔުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.

"މިކަމަކީ މި ކޮމިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމެއްކަމުގައި ދަންނަވަން. އެހެންކަމުން، މައްސަލައިގެ ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާއަތްކުރާއިރު މި އުސޫލު އިސްލާހުކޮށް، މިހާރު ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމް އަލުން ރީ-އިވެލުއޭޓް ކުރުމަކީ ވެސް އެންމެ އިންސާފުވެރި ގޮތް ކަމަށް ނުބެލެވޭ،" އެޗްއާރްސީއެމްއިން ބުންޏެވެ.

ނޮޅިވަރަންފަރު ހައުސިން ޔުނިޓު ލަސްވާތީ ރައްޔިތުންގެ ކަންބޮޑުވުން

"ކޮންމެ ގޮތަކަށް ކަންތައްތައް ދިޔަޔަސް އާންމުންގެ ތެރޭގައި ހުންނާނެ ކަންބޮޑުވުންތަކެއް, މިހާރު އުސޫލު އިނީ ފައިނަލް ވެފައި. އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް މިހާރަކު ނުގެންގުޅެން" ކައުންސިލޔް ރައީސް, ނައީމް ވިދާޅުވި އެވެ.

ނޮޅިވަރަންފަރު ހައުސިން ޔުނިޓު ލަސްވާތީ ރައްޔިތުންގެ ކަންބޮޑުވުން

"ކޮންމެ ގޮތަކަށް ކަންތައްތައް ދިޔަޔަސް އާންމުންގެ ތެރޭގައި ހުންނާނެ ކަންބޮޑުވުންތަކެއް, މިހާރު އުސޫލު އިނީ ފައިނަލް ވެފައި. އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް މިހާރަކު ނުގެންގުޅެން" ކައުންސިލޔް ރައީސް, ނައީމް ވިދާޅުވި އެވެ.

Advertisement

ހައުސިން ޔުނިޓްތައް ދޫކުރުމުގެ އުސޫލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ގޮތަށް އުސޫލު އިސްލާހުކޮށް، އަލުން އިއުލާނު ކުރުމަށާއި އުސޫލު އިސްލާހުކޮށް އަލުން އިއުލާނު ކުރާއިރު ގާނޫނުއަސާސީގެ އިތުރުން ކަމާގުޅުން ހުރި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހަނިނުވާނެ ގޮތަށް އުސޫލު އެކުލަވާލުމަށް ނޮޅިވަރަންފަރު ކައުންސިލަށް އެޗްއާރްސީއެމްއިން ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން އެޗްއާރްސީއެމްގެ އެންގުމާ އެއްގޮތަށް އަމަލު ނުކުރާ ނަމަ، ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށް ވެސް އެޗްއާރްސީއެމްއިން ވަނީ އަންގައިފަ އެވެ.