Advertisement

"ކަނޑުން ގެއްލުވާލި ބައި" ހޯދަން ކުރިއަށް ދާނެ ގޮތަކާ މެދު ރާއްޖެއިން އަދިވެސް ލަފާ ހޯދަނީ

19 އޮކްޓޯބަރު 2024 - 16:19 0

ލީވާން އަލީ ނާސިރު

ލ

Advertisement

ބަންޑާރަނައިބު އަހުމަދު އުޝާމް: "ކަނޑުން ގެއްލުވާލި ބައި" ހޯދަން ބޭރުގެ ތަޖުރިބާކާރުންތަކަކާ ވަނީ ހަވާލުކޮށްފައި -- ފޮޓޯ: ރައީސް އޮފީސް


"ކަނޑުން ގެއްލުވާލި ބައި" ހޯދަން ކުރިއަށް ދާނެ ގޮތަކާ މެދު ރާއްޖެއިން އަދިވެސް ލަފާ ހޯދަނީ

19 އޮކްޓޯބަރު 2024 - 16:19 0

Advertisement

Advertisement

ރާއްޖޭގެ ދެކުނު ކަނޑުން "ގެއްލުނު" ކަމަށް ބުނާ ސަރަހައްދު ހޯދުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާނެ ގޮތަކާ މެދު އަދިވެސް ލަފާ ހޯއްދަވަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ގެއްލުނު ކަނޑު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން އައި ޑިވެލޮޕްމަންޓާއެކު ބައިނަލްއަގުވާމީ ފަރާތްތަކުގެ ލަފާ ހޯދުމުގެ މަސައްކަަތް ކުރިއަށްދާ ކަމަށެވެ.

Advertisement

"ޑިވެލޮޕްމަންޓާ ގުޅިގެން ލަފާ ދޭ އިންޓަނޭޝަނަލް އެކްސްޕާޓްސްގެ އޮޕީނިއަންއެއް މިހާރު އަޅުގަނޑުމެން ހޯދަނީ މި. އެއް އޮޕީނިއަން ލިބިއްޖެ. އަދި އިތުރު އޮޕީނިއަން ލިބެންދެން އަޅުގަނޑު މަޑުކޮށްލައިގެން މިހުރީ،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އަންނަ ޑިވެލޮޕްމަންޓްތަކާ އެކު މައްސަލައިގެން ކުރިއަށްދާނެ ގޮތް ވެސް ބަދަލު ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ފަންނީ މާހިރުންގެ ލަފަޔާ އެކު ކަމަށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ޔޫކޭ އިން އެއްބަސްވެއްޖެ

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު މިކަން އިއުލާނުކޮށްފައިވަނީ މޮރިޝަސް އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުން އެކުގައި ނެރުނު ނޫސްބަޔާނެއްގަ. މިއީ އެތައް އަހަރެއް ވަންދެން އެ ދެ ގައުމުގެ އިސްވެރިން ކުރި މަޝްވަރާތަކުގެ ނަތީޖާ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ޔޫކޭ އިން އެއްބަސްވެއްޖެ

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު މިކަން އިއުލާނުކޮށްފައިވަނީ މޮރިޝަސް އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުން އެކުގައި ނެރުނު ނޫސްބަޔާނެއްގަ. މިއީ އެތައް އަހަރެއް ވަންދެން އެ ދެ ގައުމުގެ އިސްވެރިން ކުރި މަޝްވަރާތަކުގެ ނަތީޖާ.

Advertisement

ހަފުތާ 14 އެކުލަވައިލައި އިއުލާނު ކުރީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ދެ ދުވަސް ކުރިންނެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިތާ މިހާރު 336 ދުވަސް ވަނީ ފުރިފަ އެވެ.

މައްސަލައާ އެކު ކުރިއަށްދާނެ ގޮތެއް ރާއްޖެއިން ނުނިންމިގެން އުޅެނިކޮށް އަދި މައްސަލަ އިސްތިއުނާފު ނުކުރެވެނީސް، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން އޮކްޓޯބަރު 3، ގައި ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ނޫސް ބަޔާނެއްގައި އޭރު ބުނީ ކުރީ ސަރުކާރުން ސިޔާސަތު ބަދަލު ކުރުމުން ރާއްޖެއަށާއި ދިވެހިންނަށް ލިބުނު ގެއްލުމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް މިހާތަނަށް ފިޔަވަޅު އަޅާފައި ނުވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.