Advertisement

ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން ފޮނުވި "ވާނުވާ" ސިޓީއަކަށް ބިނާކޮށް ފްރޭމްކޮށްފައި!

10 މާރިޗު 2025 - 11:28 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އޭސީސީގެ ރައީސް ޝާމިލް. ފަނޑިޔާރުންތަކެއް ސަސްޕެންޑު ކުރުމަށް އޭސީސީން ތެޅިފޮޅިގަނެގެން ފޮނުވި ސިޓީގައި އެއްވެސް މައް


ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން ފޮނުވި "ވާނުވާ" ސިޓީއަކަށް ބިނާކޮށް ފްރޭމްކޮށްފައި!

10 މާރިޗު 2025 - 11:28 1

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާ ނުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި "ވާނުވާ" ސިޓީއެއްގެ މައްޗަށް ބިނާކޮށްކަން ފްރޭމް ކުރުމަށް ފަހު ކަމަށް "އަދަދު" ނޫހަށް ކަށަވަރު ކުރެވިއްޖެ އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ވަރަށް ސިއްރިއްޔާތުގައި އެއްވެސް މައުލޫމާތެއް ހާމަކުރުމެއް ނެތި އެވެ. ތަކުރާރުކޮށް ގުޅައިގެންނާއި މެސެޖުކޮށްގެން ރަސްމީ ގޮތުން މައުލޫމާތު ހޯދުމަށް "އަދަދު" ނޫހުގެ ނޫސްވެރިން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ.

އެހެން ނަމަވެސް، މި މައްސަލައިގެ މައުލޫމާތު ރަނގަޅަށް އެނގޭ ތަފާތު އެކި މަސްދަރުތަކުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑު ކުރީ ސީދާ ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރި މައްސަލަ ހުއްޓުވާލުމަށެވެ.

މިހާތަނަށް މި މައްސަލައާ ގުޅިގެން ތަފާތު މަސްދަރުތަކުން "އަދަދު" ނޫހުން ހޯދި މައުލޫމާތުތަކުން ކަށަވަރު ކުރެވޭ ގޮތުގައި އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީގައި އޮތީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަމުން ދަނީ "ޖިނާއި ތަހުގީގެއް ކުރާކަމަށް" އެކަނި ކަމެވެ.

"އޭސީސީން ފޮނުވި ސިޓީގައި އެއްވެސް ތަފުސީލެއް ނެތް. ހަމައެކަނި އޮތީ ޖިނާއީ ތަހުގީގެއް ކުރާކަމަށް. އެއީ ކޮން ތުހުމަތެއް ކަމެއް، އިތުރު ލިޔުމެއް ވެސް ނެތް،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އެއީ ކޮން މައްސަލައެއް ކަމެއް އަދި ކިހާ ބުރަދަނެއް ހުރި މައްސަލައެއް ކަމެއް ހުދު އޭސީސީއަށް ވެސް ނޭނގޭ ކަމަށާއި މި ވަގުތު އޮތީ ހަމައެކަނި ރެޖިސްޓްރޭޝަން ސްލިޕުކޮޅު ކަމަށް ވެސް ވަނީ އެނގިފަ އެވެ.

"އަދަދު" ނޫހަށް އެކި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ތަހުގީގު ކުރަމުން ދަނީ ކޮން މައްސަލައެއް ކަމެއް ނޭނގޭތީ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުން ހޫނުވެ ނުތަނަވަސްކަން އުފެދުނެވެ.

މީގެ ކުރިން ފަނޑިޔާރުންނާ ގުޅޭ ގޮތުން އޭސީސީއަށް ހުށަހެޅޭ މައްސަލަތަކުގައި ތަހުގީގު ނުކޮށް އެންމެ ފުރަތަމަ ފޮނުވާފައި ވަނީ ޖޭއެސްސީއަށް ކަމަށް "އަދަދު" ނޫހަށް މައުލޫމަތު ދިން މީހުން ބުންޏެވެ.

އޭސީސީން އަމަލު ކުރަމުން އައީ އެފަދަ މައްސަލަތައް ޖޭއެސްސީއަށް ފޮނުވުމަށް ފަހު، އެ މައްސަލަ ބަލައި ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭ ނަމަ އަލުން އަނބުރައި އޭސީސީއަށް ފޮނުވާ ގޮތަށް ކަމަށް ވެސް މައުލޫމާތު ދިން މީހުން ބުންޏެވެ.

އެހެންކަމުން، މިފަހަރު އޭސީސީން އަމަލުކޮށްފައި ވަނީ މީގެ ކުރިން އެ ކޮމިޝަނުން އަމަލުކުރި އާންމު އުސޫލުތަކާ އިޖުރާއަތްތަކާ ހިލާފަށެވެ.

މިހާރު އޭސީސީގެ ރައީސަކަށް ހުންނެވ ޝާމިލް ވަނީ މި މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދެކޮޅު ހައްދަވާފަ އެވެ. ކޮރަޕްޝަން ހުއްޓުވުމުގެ އެންމެ ބޮޑު ޒިންމާ މަތިކޮށްފައިވާ ކޮމިޝަން ހިންގެވުމާ ޝާމިލް ހަވާލުވި ފަހުން އެ ތަނުން އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވެ އެވެ. އޭގެ ބަދަލުގައި ފެނުނީ ސިޔާސީ ނުފޫޒުގައި ޖެހި ރާއްޖޭގެ ޖުޑީޝަރީއަށް ބޮޑު ހަމަލާއެއް ދިން މަންޒަރެވެ.

އޭސީސީން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ ޖޭއެސްސީން ސަސްޕެންޑުކުރީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކާތީ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން، ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މިއީ މިފަހުގެ ތާރީހެއްގައި ފަނޑިޔާރުގެއާ ގުޅޭ ތަހުގީގެއް އޭސީސީން މިހާ އަވަހަށް ފިޔަވަޅުތަކެއް އެޅި ފުރަތަމަ ފަހަރެވެ. އޭސީސީގެ ތަހުގީގުތައް އެ ތަނުގައި ރަޖިސްޓްރީ ކުރުމަށް ފަހު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅެވެ. އެ ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލައިލުމުން ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމަށް ބައިކުޅަބައި މަސައްކަތް ވެސް ނުކުރެވޭކަން ސާފުކޮށް އެނގެ އެވެ.