Advertisement

ހާއްސަ އުސޫލުން ގޯތި ވިއްކި މައްސަލަ ބަލައި ފަޒުލްއަށް ފިޔަވަޅު އަޅަންޖެހޭ: ޖަމީލް

about 2 hours 0

ފަޒުލް އަދި ޖަމީލް


ހާއްސަ އުސޫލުން ގޯތި ވިއްކި މައްސަލަ ބަލައި ފަޒުލްއަށް ފިޔަވަޅު އަޅަންޖެހޭ: ޖަމީލް

about 2 hours 0

ހާއްސަ އުސޫލެއްގެ ދަށުން ފަސް އަހަރުން ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ހުޅުމާލެއިން ގޯތިތަކެއް ވިއްކި މައްސަލަ ތަހުގީގުކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ފަޒުލްގެ އަންހެނުންނަށް ލުއި ގޮތެއްގައި ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ހުޅުމާލެއިން ގޯއްޗެއް ވިއްކި މައްސަލަ ފަޅައި އަރާފައި އޮއްވައި، އިތުރު ފަސް ގޯއްޗެއް އެ އުސޫލުން ވިއްކައިފި ކަމަށް އިއްޔެ އަދަދު ނޫހުން ގެނެސްދިން ހަބަރުގެ ސްކްރީން ޝޮޓަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް އިލްތިމާސް ކުރެއްވީ ހިންގާ ކޮރަޕްޝަންތައް ބެލުމަށެވެ.

"ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަމަކީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލުން އޮންނަ ކަމެއް. ޚާއްޞަ އުސޫލަކީ ގާނޫނުން ބޭރު ކަމެއް. ހިންގާ ކޮރަޕްޝަން ބެލުމަށް ފުލުހަށް އަދި އޭސީސީ އަށް އިލްތިމާސްކުރަން،" ޖަމީލް ވިދާޅުވި އެވެ.

"ފަޒުލް ރަޝީދުގެ މައްޗަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ. މިއީ ރޯމާދުވާލު ވައްކަން ކުރުން."

23 ވަނަ މާއްދާ – އިގްތިސާދީ އަދި އިޖްތިމާއީ ހައްގުތައް


އަންނަނިވި ހައްގު ތަކަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްގުތަކެއް ކަމަށް މި ގާނޫނުއަސާސީން ކަނޑައަޅާ ހިނދު، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރާންވާނެ އެވެ. (ހ) ރަނގަޅު ކާނާއާއި، ސާފު ފެން ފުދޭ މިންވަރަށް ލިބުން. (ށ) ފޭރާމާއި ހިޔާވަހިކަން ލިބުން. (ނ) ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުން. (ރ) ދިރިއުޅޭނޭ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުން. (ބ) ދިވެހިރާއްޖޭގެ ތަބީއީ މުއްސަނދިކަމާއި، ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކާއި، ދައުލަތުގެ ހަބަރު ފަތުރާ ވަސީލަތްތަކާއި، ހުރިހައި ބާވަތެއްގެ މުއާސަލާތީ ހިދުމަތްތައް ހަމަހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ލިބުން. (ޅ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރުގެ ނަރުދަމާ ނިޒާމެއް ގާއިމްވެފައިއޮތުން. (ކ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ހިދުމަތް ގާއިމްވެފައިއޮތުން.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 2017 ގައި 42 ބިމެއް ވިއްކަން ހުޅުވައިލި ބީލަމަށް އެޗްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝިދުގެ އަންހެނުން، މ. ސާނިޔާ ޒުލްފީނާ ރަޝީދު ހުށަހެޅި އެވެ. އެ ބީލަމަށް ހުށަހެޅި މީހުންގެ ލިސްޓުގައި އޭނާ އޮތީ 40 ވަނައިގަ އެވެ. ނަމަވެސް, އެ ފަހަރު ބިން ވިއްކީ 36 ފަރާތަކަށް ކަމަށް ވާތީ އޭނާއަށް ބިން ގަންނަން ނުލިބެ އެވެ.

އެ މައްސަލަ ހަތަރު އަހަރު ފަހުން ޒުލްފީނާ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް ހުކުމްކުރީ އޭނާއާ ދެކޮޅަށެވެ. އެ މައްސަލަ އިސްތިއުނާފު ނުކޮށް އޮއްވައި އެމްޑީޕީގެ ވެރިކަން ބަދަލުވެ، އެޗްޑީސީ ހިންގަން ފަޒްލު ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއް ދެއްވި އެއް ކަމެއްގެ ގޮތުގައި ނިންމެވީ އޭނާގެ އަންހެނުންނަށް ބިމެއް ވިއްކުމުގެ މުއާމަލާތް ނިންމުމެވެ.

ހުޅުމާލޭ ފޭސް 2 ގެ ބީޗް ފްރޮންޓުން އެންމެ އަގުބޮޑުކޮށް މީހުން ގޯތި ގަނެފައިވާ ސަރަހައްދުން ޒުލްފީނާއަށް 2،140 އަކަފޫޓުގެ ބިމެއް ވިއްކީ ޖީއެސްޓީއާއެކު 11.7 މިލިއަން ރުފިޔާ އަށެވެ. ޖީއެސްޓީ އުނިކުރުމުން ބިމުގެ އަގަކީ 10.2 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ދައްކައި ހަލާސްކުރަން ޖެހެނީ 60 މަސް ދުވަހުން (ފަސް އަހަރު) ނެވެ. އެއީ ޖީއެސްޓީއާއެކު މަހަކު 185،366.18ރ. އެވެ.