Advertisement

އަހަރުގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު މި ފަހަރު ވެސް "އަދަދު" ގެ އައްޒާމް އަށް

about 10 hours 0

އަތޫފް އާތިފް

އަތޫފް އާތިފް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތެރެއިން އައްޒާމް.... ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ


އަހަރުގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު މި ފަހަރު ވެސް "އަދަދު" ގެ އައްޒާމް އަށް

about 10 hours 0

ކުޅިވަރާ ބެހޭ ވުޒާރާއިން ކޮންމެ އަހަރަކު ވެސް ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑު އަދަދު ނޫހުގެ ސްޕޯޓްސް އެޑިޓަރު، އައްޒާމް އަލިފުޅު ދިފާއުކޮށްފި އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމަށް އައްޒާމްއާ ވާދަކުރީ, ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ, އިސްމާއިލް ޝާހު އާއި މިދިޔަ އަހަރު އަދަދު ނޫހުގައި މަސައްކަތް ކުރި, އަދި މިހާރު ކުޅިވަރާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އިސްމާއިލް އަޒްމީން އެވެ.

މިއީ މި އެވޯޑު އައްޒާމް އަށް ލިބުނު ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު އޮތް ސްޕޯޓްސް އެވޯޑުގައި ވެސް އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑު ލިބުނީ އައްޒާމް އަށެވެ.

އައްޒާމް ވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ މީޑިއާ ހެޑްގެ ޒިންމާތައް އަދާކޮށްފަ އެވެ. މީގެ އިތުރުން, އަދަދުން ގެނަސްދިން ކުޅިވަރުގެ ގިނަ ރިޕޯޓްތަކާއި, ޕްރޮގްރާމްތައް ހުށަހަޅައިދިނުމުގެ އިތުރުން އައިސް ޓީވީގައި ކުޅިވަރު އެނަލިސްޓެއްގެ ގޮތުގައި އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޝޯގެ ހޯސްޓެއްގެ ގޮތުގައި ވެސް އައްޒާމް މަސައްކަތް ކުރި އެވެ.

އައްޒާމް ވަނީ މީގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލް އިން ދޭ އަހަރުގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދައިފަ އެވެ.

2013 ވަނަ އަހަރު ސީއެންއެމް ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް، އައްޒާމް ވަނީ ހަވީރު ނޫހާއި މިހާރު ނޫހުގައި މަސައްކަތް ކޮށްފަ އެވެ. އައްޒާމް ފާހަގަ ވަނީ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުޅުންތެރިން އަދި ކުޅިވަރު މުބާރާތްތައް ބާއްވާ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވައި ނޫސްވެރިކަމުގައި ހީވާގި މަސައްކަތްތަކެއް ކުރާ ފަރާތެއްގެ ގޮތުގަ އެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކާ ގުޅިގެން ވެސް އައްޒާމް އަންނަނީ މަސައްކަތް ކުރަމުންނެވެ.