Advertisement

އެމެރިކާގެ ކޯޗުކަން ކުރަން ފަސޭހަނުވާނެކަން ޕޮޗެޓީނޯ އަށް އެނގޭ

about 20 hours 0


އެމެރިކާގެ ކޯޗުކަން ކުރަން ފަސޭހަނުވާނެކަން ޕޮޗެޓީނޯ އަށް އެނގޭ

about 20 hours 0

ޝިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 17) - އެމެރިކާގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކުރަން ފަސޭހަނުވާނެކަން އެ މަގާމާ ދާދި ފަހުން ހަވާލުވި އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް އެނގޭ ކަމަށް ބުނެފި އެވެ.

ޕޮޗެޓީނޯ، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އެމެރިކާއާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 2-0 އިން ޕެނަމާ ބަލިކޮށްފަ އެވެ.

އެކަމަކު، ދެ ވަނަ މެޗުން ވަނީ މެކްސިކޯ އަތުން 2-0 އިން ބަލިވެފަ އެވެ. މެކްސިކޯ މެޗަށް ފަހު ޕޮޗެޓީނޯ ބުނީ، އެ މެޗުގެ ކުޅުމަށް ބަލާނަމަ، އެމެރިކާ އަށް ވުރެން ބޮޑަށް އެ މެޗުގައި މޮޅެއް ހައްގުވަނީ މެކްސިކޯ އަށް ކަމަށެވެ.

"އަހަރެން މި މަގާމާ ހަވާލުވެހުރީ ފަސޭހަ ކަމެއްގެ ގޮތުގައި ނަގައިގެނެއް ނޫން. ޗެލެންޖް ހުންނާނެކަން އެނގޭ. އެހެންވީމަ، މިހާ ކުރީކޮޅުގައި ނުކުންނަ ނަތީޖާތަކަށް އަހަރެން ނުބަލަން. މިއީ ކުރިއަށް ގެންދަމުން އަންނަ މަސައްކަތެއްގެ ފެށުން، މިހެން ނުކުންނަ ނަތީޖާތަކުން ދަސްވާ ކަންކަމަށް ބަލައި ބޭނުންތެރި ފިޔަވަޅު އަޅާނަން،" ޕޮޗެޓީނޯ ބުންޏެވެ.

ކުރިން ޕީއެސްޖީ އާއި ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ، އެމެރިކާގެ ކޮންޓްރެކްޓް ހެދީ 2026 ގައި އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯ އިން ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ.

އެމެރިކާގެ ފުޓްބޯޅަ ބަދަލުކުރަން ޕޮޗެޓީނޯ އަންނަނީ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.