about 1 hour 0
about 1 hour 0
އިރާނުން އުފައްދާ ތެލުގެ 90 ޕަސެންޓު އެކްސްޕޯޓުކުރާ ޓާމިނަލް ހުންނަ ރަށް ކަމަށްވާ ޚާގްއަށް އެމެރިކާއިން ބޮން އަޅައިފި އެވެ.
މި ރަށަކީ ހޮރުމޫޒު ކަނޑުއޮޅީގެ ހުޅަނގުއުތުރުން 300 މޭލު ބޭރުގައި އޮންނަ ރަށަކެވެ. އިރާނުން މިހާރު ވަނީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެއީ ދުނިޔޭގެ ތެލުގެ 20 ޕަސެންޓު ހުރަސް ކުރަން ޖެހޭ ކަނޑުއޮޅިއެކެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑު ޓްރަމްޕު ވިދާޅުވި ގޮތުގައި ބޮން އެޅީ އެ ރަށުގައި ހުރި އަސްކަރިއްޔާއިން ބޭނުންކުރާ ތަންތަނަށެވެ. ތެލުގެ އިންފްރާސްޓްރަކްޗާއަށް ބޮން އަޅާފައި ނުވާނެ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
ނަމަވެސް، ހޮރުމޫޒު ކަނޑުއޮޅި ހުޅުވާނުލާނަމަ އެ ނިންމުން އަނބުރާ ގެންދަވާނެ ކަމުގެ އިންޒާރު ޓްރަމްޕު ދެއްވި އެވެ. އިރާނުން ހަތިޔާރު ބެހެއްޓުމަށް ޓްރަމްޕު ގޮވާލެއްވި އެވެ.
ޓްރަމްޕު އެފަދަ އިންޒާރުތައް ދެއްވި ނަމަވެސް އިރާނުން ވަނީ ހަނގުރާމައިގައި އަމާން ނުދީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެމެރިކާއިން ވަނީ އެ ރަށުގައި ހުރި ނޭވީ ބޭސްއަކާއި، އެއާޕޯޓަކާއި، އެއާ ޑިފެންސްތަކަށް ހަމަލާ ދީފަ އެވެ.
މުޅި އެކު 20 އަކަކިލޯމީޓަރު ހުންނަ ޚާގްއަށް ދިން ހަމަލާތަކުގެ ބަދަލުގައި ގަލްފުގެ ގައުމުތަމުގައި ހުރި އެމެރިކާގެ ކުންފުނިތަކުގެ ކާރުހާނާތަކަށް ހަމަލާ ދޭނެ ކަމަށް އިރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment