Advertisement

މަސްވެރިކަން ކުރިއަރުވަން އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކުން ރާއްޖެއަށް 65 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ

14 އޮކްޓޯބަރު 2024 - 22:31 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


މަސްވެރިކަން ކުރިއަރުވަން އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކުން ރާއްޖެއަށް 65 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ

14 އޮކްޓޯބަރު 2024 - 22:31 0

ރާއްޖެއަށް މަސްވެރިކަން ކުރިއެރުވުމަށް ހާއްސަކޮށްގެން 65 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކް (އައިއެސްޑީބީ) އިން ނިންމައިފި އެވެ.

އެ ބޭންކުގެ ވެބްސައިޓުގައި ވަނީ މެންބަރު 17 ގައުމެއްގައި ހިންގުމަށް 20 ޕްރޮޖެކްޓެއް އެޕްރޫވް ކުރިކަން ހާމަކޮށްފަ އެވެ. އެއީ ތިން ބިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއުތަކެއް ކަމަށް ހާމަކޮށްފައިވެ އެވެ.

ރާއްޖެއަށް ދިނުމަށް އައިއެސްޑީބީން އެޕްރޫވް ކުރި ލޯނަކީ 64.65 މިލިއަން ޑޮލަރުގެ ލޯނެކެވެ.

މިއީ ދެމެހެއްޓެނިވި އިގުތިސޯދީ ތަރައްގީ ގެނައުމުގެ އަމާޒުގައި އެ ބޭންކުން ފޯރުކޮށްދޭ ލޯނު އެހީ އެވެ. ސާކްގެ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ އިތުރުން ހިމެނެނީ ޕާކިސްތާން އެވެ. މީގެ ތެރެއިން ގިނަ ގައުމުތަކަކީ ތަރައްގީވަމުން އަންނަ ގައުމުތަކެވެ.

އައިއެސްޑީބީއަކީ 57 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ ޑިވެލޮޕްމަންޓު ބޭންކެކެވެ. އުމުރާނީ ތަރައްގީގެ ޕްރޮޖެކްޓުތަކަށް އިސްލާމިކް ފައިނޭންސިން އެ ބޭންކުން ހަމަޖައްސައިދެ އެވެ.